ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2024/03
އިޢުލާން
ރައްޔިތުންނާއި ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރ (7/2010) ގެ 1-107 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން މިހާރު ބޭނުން ކުރަމުންދާ (13.9.2022ގައި އެޕްރޫވް ކޮށްފައިވާ) ލޭންޑް ޔޫސް ޕްލޭނަށް ގެނައުމަށް ބޭނުންވާ ބަދަލުތަކާއި ގުޅިގެން ރައްޔިތުންގެ ޙިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމެއް 2024 ޖަނަވަރީ 14 ވަނަ ދުވަހުގެ ރޭ 20:30 ގައި މި ކައުންސިލް އިދާރާގެ ޝަހީދު އަލީ މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ބައްދަލުވުމުގެ އެޖެންޑާ:
ލޭންޑް ޔޫސް ޕްލޭނަށް ގެންނަން ބޭނުންވާ ބަދަލުތައް:
1. 38.3 ގެ ބިން ވަކިވަކި ގޯތި ގޮތުގައި ލޭންޑް ޔޫސް ޕްލޭންގައި ކަނޑައެޅުން.
2. ރަށުގެ ބަނދަރު ބޮޑު ކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް ނިންމާފައިވާތީ، ލޭންޑް ޔޫސް ޕްލޭންގައި ބަނދަރުގެ ކޮންސެޕްޓް ހިމެނުން.
3. 2.4.2 (ކުރީގެ ބައު އޮފީސް) އަދި 2.4.3 (ކުރީގެ ބައު އިންޖީނުގެ) ކޮމާޝިލައް ޔޫސްގެ ގޮތުގައި ބޭނުންކުރުމަށް.
ވީމާ، މިބައްދަލުވުމުގައި އެންމެހައި ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މިފުރުސަތުގައި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.