ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2024/12
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 22 ޖަނަވަރީ 2024 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެންޓަރުގެ ވެރިޔާ - ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް

މަޤާމް :ސެންޓަރުގެ ވެރިޔާ - ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް
ބޭނުންވާ އަދަދު :1

މަޤާމު:

ސެންޓަރުގެ ވެރިޔާ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް

މަޤާމުގެ ރޭންކް:

10

ހަރުފަތް:

1

އަސާސީ މުސާރަ:

މަހަކު 21,123 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު 12,097 ރުފިޔާ

ހާޒިރީ އިނާޔަތް:

327 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

މުއްދަތު ކަނޑައެޅިފައިވާ ކޮންޓްރެކްޓް (މި މަޤާމަށް ޔުނިވަރސިޓީގެ މުވައްޒަފަކު ހޮވިއްޖެނަމަ ޢައްޔަނުކުރާނީ ޓެނުއަޝިޕް މަޤާމެއްގޮތުގައެވެ)

ވަޒީފާގެ މުއްދަތު:

ޢައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

އިނާޔަޔްތައް:

ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޔުނިވަރސިޓީ އިން ކަނޑައަޅާފައިވާ ޝަރުތުތަކާއި އެއްގޮތަށް)

ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)

ސްޓާފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް

ސްޓާފް ޖިމް ފެސިލިޓީ

ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް

ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމު ގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2.  މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތު ގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން

 

ދާއިރާތައް/ ޑިސިޕްލިންތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަނަލް މެނޭޖްމަންޓް، މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، މެނޭޖްމަންޓް

ތަޢުލީމީ ރޮނގުތައް: އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ، އެޑިޔުކޭޝަނަލް ޑިޒައިން، ލާރނިންގ ޑިޒައިން

ޕްރިފަރޑް ޑިސިޕްލިންތައް: އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ، އެޑިޔުކޭޝަނަލް ޑިޒައިން، ލާރނިންގ ޑިޒައިން

ކޯ ޑިސިޕްލިންތައް: އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ، އެޑިޔުކޭޝަނަލް ޑިޒައިން، ލާރނިންގ ޑިޒައިން

 

 

 

 

 

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތު:

ލީޑަރޝިޕާއި އިދާރީހިންގުން

1. ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންއާއި އެއްގޮތްވާ ގޮތުގެ މަތިން، ސެންޓަރުގެ މަޤްޞަދު ހާޞިލްކުރެވޭނެ އެކްޝަން ޕްލޭންއާއި ބިޒްނަސް ޕްލޭން، ކަމާގުޅޭ އެންމެހާ ފަރާތްތަކެއްގެ ޙިއްޞާއާއެކު އެކުލަވައިލުމާއި މުރާޖަޢާކޮށް އަދާހަމަކުރުމާއި ސެންޓަރުގެ މަސައްކަތްތައް އެފަދައިން ރާވާ ހިންގުން

2. ސެންޓަރުގެ މެންޑޭޓާއި، އެކްޝަން ޕްލޭން އަދި ބިޒްނަސް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކޮށް ނަތީޖާ ނެރެވޭނެފަދައިން ފެކަލްޓީގެ މަސައްކަތްތައް ބައްޓަންކުރުމާއި، ކަމާގުޅޭ އެންމެހާ ފަރާތްތަކެއްގެ ޙިއްޞާއާއެކު ސެންޓަރުގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތްކުރުމާއި އެފަދައިން ކަންކަން ރަވާ ހިންގުން.

3. ތަން ހިންގުމާއި މައްސަލަތައް ޙައްލުކުރުމަށް އިސްވެ ޙަރަކާތްތެރިވުމާއި، އިންސްޕަޔަރިންގ ލީޑަރޝިޕެއް ދިނުމާއި، އެކި ކަންކަމާ ގުޅިގެން ޖަލްސާތައް ބާއްވާ ކަންކަމާމެދު ގޮތްތައް ނިންމުން

4. މަސްއޫލިއްޔަތު އުފުލުމާއި ގަވާއިދުތަކަށާއި ވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ސަގާފަތެއް ތަނުގައި އަށަގަންނަވައި ސިޔާސަތުތަކަށާއި އުޞޫލްތަކަށް އަމަލުކުރުމުގައި ނަމޫނާ ދެއްކުމާއި މުވައްޒަފުން އަހުލުވެރިކުރުވުން

5. އިދާރީ އޮނިގަނޑެއްގެ ތެރެއިން ސެންޓަރުގެ ދުވަހީ މަސައްކަތްތައް ރާވާ ހިންގުމާއި އަދި ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ކަންކަން ހިގާކަން ކަށަވަރުކުރުން

6. ސަރުކާރާއި މަރުކަޒީ އިދާރާއިން އަދި ޔުނިވަރސިޓީގެ އެހެނިހެން މަރުކަޒުތަކުންނާއި އަމިއްލަ ފަރާތްތަކުން އެދޭ ރިޕޯޓްތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސުންގަޑިއަށް ތައްޔާރުކުރުވާ ފޯރުކޮށް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން

7. ތަނުގެ މަސައްކަތް ވިލަރެސްކުރުމާއި ޕްރޮގްރާމްތައް މޮނިޓަރކޮށް ބެލެހެއްޓުން

8. މުވައްޒަފުންގެ މަސައްކަތް ރާވާ ހިންގުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

9. ޔުނިވަރސިޓީގެ ސިޔާސަތުތައް އެކުލަވާލުމާއި އިސްލާޙްކުރުމަށް ކުރެވޭ މަސައްކަތުގައި ޔުނިވަރސިޓީ/މަރުކަޒުތަކާއި ގުޅިގެން މަސައްކަތްކުރުމާއި އެސެންޓަރަކަށް ޙާއްސަ ސިޔާސަތުތައް ހަރުދަނާކުރުމަށް މަސައްކަތްކުރުން.

10. ތަނުގެ އެންމެހާ ކަންކަން އޮބްޖެކްޓިވްކޮށް އަދި ހެއްކަށް ބިނާކޮށް (އެވިޑަންސް ބޭސްޑް) ރިވިއުކުރުމާއި ގެންނަންޖެހޭ އިސްލާޙީ ބަދަލުތައް ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ގެނައުން

11. ކޮލިޓީ މެނޭޖްމެންޓް ސިސްޓަމް ޤާއިމު ކޮށްފައިވާ ފެކަލްޓީ/ސެންޓަރު ތަކުގައި އަހަރީ އޮޑިޓްތަކާއި އަދި މެނޭޖްމެންޓް ރިވިއުތައް ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމަ ކުރޭވޭތޯ ކަށަވަރުކުރުން

12. ސެންޓަރުގެ ރިސަރޗް މަސައްކަތް ފުޅާކޮށް ތަރައްގީކުރުމަށް މަސައްކަތްކުރުމާއި ދާއިރާ އާ ގުޅޭ ދިރާސާތައް ކުރުމަށް ޕްލޭންއެއް އެކުލަވާލާ، އަހަރީ ލަނޑުދަނޑިތައް ކަނޑައަޅާ، ދިރާސާކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުމާއި ބައިވެރިވުން.

މުޢާމަލާތާއި ގުޅުންތައް

13. ތަނުގެ އެންމެހާ މުވައްޒަފުންނާއި ޔުނިވަރސިޓީގެ އިސް ފަރާތްތަކާއެކު ހަރުދަނާ ގުޅުމެއް ޤާއިމުކުރުން

15. ތަނުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ފަހިކުރެވިދާނެ ފަރާތްތަކާ ހަރުދަނާ ޕްރޮފެޝަނަލް ގުޅުމެއް އުފައްދާ އެފަދަ ގުޅުންތައް ދެމެހެއްޓުން

16. ތަނުގެ މުވައްޒަފުންލެއްވުމާއި، މުވައްޒަފުން ކުރިއެރުވުމަށާއި، އެއްބައިވަންތަކަން އަދި ޓީމް ރޫޙު އާލާކޮށް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން

ކިޔަވާދިނުމާ ގުޅޭ މަސައްކަތް

17. ހަވާލުކުރެވޭ މާއްދާ ޑެލިވަރީ މޯޑާ އެއްގޮތަށް ކިޔަވައިދިނުން.

18. ހަވާލުކުރެވޭ މާއްދާ ކިޔަވައިދޭ މީހެއްގެ ހައިސިއްޔަތުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންތައްތައްކުރުން.

އީ.ލާރނިންގގެ މަސައްކަތް

19. ޔުނިވަރސިޓީގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އުނގެނުމާއި އުނގަންނައިދިނުން ފަރުމާކޮށް ތަރައްގީކޮށް އެކަން ތަންފީޒު ކުރުން.

20. ލާރނިންގ އިންސްޓްރަކްޝަނަލް ޑިޒައިން ތިއަރީތަކާއި، ޕްރެކްޓިސްތަކާއި، އުނގެނުން އުފެއްދުމަށް ބޭނުންކުރާ ގޮތްތަކުގެ އަލީގައި މާއްދާތައް ސުޓޫޑަންޑް ސެންޓާރޑް ލާރނިނގް ގެ އުޞޫލްތަކާއި އެއްގޮތަށް ތަރައްޤީކުރުމުގެ މަސައްކަތް ހިންގާ މޮނިޓަރކުރުން

21. ވަކިވަކި ދަރިވަރުންގެ ތަފާތު ބޭނުންތަކަށް ރިއާޔަތްކޮށް އުގެނުމުގައި ބޭނުންކުރެވިދާނޭ ވަޞީލަތްތައް ކަނޑައެޅުމުގެ މަސައްކަތްކުރުން

22. ފެކަލްޓީ ތަކުގައި ހިންގާ ކޯސްތައް، ޒަމާނީ އުސޫލްތަކަށް ބަދަލުކުރުމަށާއި، ދަރިވަރުން ބައިވެރިކޮށްގެން އުގަންނައި ދިނުމުގެ ގޮތްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ހިންގާ މޮނިޓަރކުރުން

23. ޔުނިވަރސިޓީގައި އުނގެނުމާއި އުނގަންނައިދިނުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ބޭނުންވާ އާލާތްތަކާއި ސިސްޓަމްތައް ޤާއިމުކޮށް ބެލެހެއްޓުން.

24. ޔުނިވަރސިޓީގައި ބޭނުންކުރާ އެލް.އެމް.އެސްގައި އުގެނުމަށާއި އުގަންނައިދިނުމަށް އެކަށޭނަ ފީޗާރސްތައް އަދި ބައިތައް ހިމެނިފައިވާކަން ކަށަވަރުކުރުން

25. އެލްއެމްއެސްގައި ކޯހުގެ ކޮންޓެންޓް އަޕްލޯޑްކޮށް ބެލެހެއްޓުމަށް ފެކަލްޓީތަކަށް އެހީތެރިވުމާއި، ސެންޓަރުން އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރު ބެލުން.

26. އެލްއެމްއެސްގައި ހިމެނުމަށް ބޭނުނަވާ ވީޑިއޯ، ސިމިއުލޭޝަން، ރޯލް ޕްލޭ ފަދަ ތަކެތި ދެނެގަތުމާއި، ފެކަލްޓީތަކާއި ގުޅިގެން އެފަދަ ތަކެތި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ އިންތިޒާމް ހަމަޖެއްސުން

27. އުގެނުމާއި އުގަންނައިދިނުމުގައި ފެންވަރު ބެލުމުގައި ބޭނުންކުރެވޭ ތަފާތު މިންގަނޑުތަކާއި ޓޫލްސްތަކާއި ގޮތްތައް ކަނޑައެޅުމުގައި ފެކަލްޓީތަކަށް ދޭންޖެހޭ އެހީތެރިކަން ދޭކަން ކަށަވަރުކުރުން.

28. އެލްއެމްއެސް ބޭނުންކުރުން މޮނިޓަރކޮށް، އެސެސްކޮށް، އިވެލުއޭޓްކޮށް، އެލްއެމްއެސް ތަންފީޒުކުރުމުގައި ހުރި އުނިކަންކަން އަދި ހުރަސްތަށް ނައްތާލުމުގެ މަސައްކަތް ބެލެހެއްޓުން

29. ޔުނިވަރސިޓީގައި އުނގެނުމާއި އުނގަންނައިދިނުމުގައި ޒަމާނީ އާ ޓެކްނޮލޮޖީ ބޭނުން ކުރުމަށް އީޖާދީގޮތްތައް ހޯދާ ދިރާސާތައް ހެދުން.

30. ޔުނިވަރސިޓީގައި އުނގެނުމާއި އުނގަންނައިދިނުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވޭ މިންވަރު ބަލާ ވަޒަންކުރުން.

31. މިދާއިރާއަށް އަންނަކުރިއެރުންތައް ދެނެގަނެ، އެކަންކަން ފެތުރުމަށް މަސައްކަތް ކުރުމާއި، މިދާއިރާގެ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތައް ޔުނިވަރސިޓީގެ އެހެނިހެން މުވައްޒަފުންނަށް އަންގައިދީ، ލަފަޔާއި އިރުޝާދުދީ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރުން

32. ޔުނިވަރސިޓީގައި އުނގެނުމާއި އުނގަންނައިދިނުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ފަހުގެ ދިރާސާތަކުގެ އަލީގައި ތަމްރީނުތައް ފަރުމާކޮށް ހިނގުން.

33. ޔުނިވަރސިޓީގެ މުވައްޒަފުންނަށް މިދާއިރާއިން ދޭންޖެހޭ ކުރުމުއްދަތުގެ ތަމްރީނުތައް ދެނެގަނެ ޓީ.ޑީ.ޔޫ. އާއި ގުޅިގެން މިފަދަ ކޯސްތައް  ރާވާ ހިންގުން.

* މި ބައިގައި މިވަނީ މި މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތެވެ. މި ވަޒީފާ އަށް ހޮވޭ ފަރާތަށް ވަޒީފާ ހަވާލުކުރާއިރު ފުރިހަމަ ވަޒީފާ ބަޔާނެއްގައި ސޮއިކުރެވޭނެއެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް(
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަޤާމުގެ ނަން، މަސްއޫލިއްޔަތު، ވަޒީފާ އަދާކުރި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 2024 ޖަނަވަރީ 22 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

http://tinyurl.com/MNUhr-2024-12

 

އިންޓަވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން، އޮންނާނީ - 2024 ޖަނަވަރީ 24 އާ 2024 ފެބްރުވަރީ 23 އާ ދެމެދުއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ސަމާލުކަމަށް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ. މަގާމަށް އެދި ހުށަހަޅާއިރު އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖެހުމަކީ ލާޒިމްކަމެއްނޫނެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
09 ޖަނަވަރީ 2024