ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-CSO(HR)/1/2024/3
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 16 ޖަނަވަރީ 2024 13:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

1. މަގާމުގެ ނަން

ސީނިއަރ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

ރޭންކް:

ޖީ.އެސް 4

އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:

ކޯޕަރޭޓް ސަރވިސް އޮފީސް/ އެޑްމިނިސްޓްރޭޝަން/ ސްޕީޗް އާކައިވިންގ

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

5,020.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,500.00 ރުފިޔާ

ޚާއްޞަ އެލަވަންސް:

2,259.00 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

1,000.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 (ސެޓްފިކެޓް 2) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓްފިކެޓް 3) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ތާނަ ޓައިޕް ކުރުމުގެ ހުނަރު ލިބިފައިވުން.

- އާކައިވް ކުރަންޖެހޭ އެކިއެކި ދިވެހި ލިޔުންތައް ޓައިޕްކުރުން.

- އާކައިވް ކުރަންޖެހޭ ލިޔުންތައް އާކައިވްކޮށް ބެލެހެއްޓުން.

- ރެކޯޑްސް ބަލަހައްޓަންޖެހޭ އެކިއެކި ލިޔުންތަކުގެ ރެކޯޑްސް، ދުވަހުން ދުވަހަށް އަޕްޑޭޓުކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި:

ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".

ށ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ނ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު :

މި މަގާމަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ އެހެނިހެން ތަކެތި، 2024 ޖަނަވަރީ 16 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް  ހުށަހެޅުއްވުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.

އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށްޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

 

09 ޖަނަވަރީ 2024