ދިވެހިރާއްޖެ
މި އިދާރާގެ ބެލުމުގެ ދަށުގައިހުރި އިޖުތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިވާ ބައްތިދަނޑިތަކުގެ ހޮޅިބުރިތައް ބަދަލުކޮށް އިޖުތިމާޢީ ސަރަޙައްދުތައް ދިއްލުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގަ އެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
2024 ޖަނަވަރީ 17 ވާ ބުދަ ދުވަހުގެ 11:00 |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
2024 ޖަނަވަރީ 23 ވާ އަންގާރަ ދުވަހުގެ 13:00 |
އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ހުވަނދުމާމަގު، ބ. ދަރަވަންދޫ، 06060، ދިވެހިރާއްޖެ.
ފޯން: 6602514، 6602519
އީމެއިލް: [email protected]