ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:45
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު

ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މިދާއިރާއިން މީހުން ބިނާ ކުރުމުގެ މަޤްސަދުގައި  މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ [މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް] ގެ ދަށުން މި އަހަރުގެ ފެބްރުއަރީ މަހުގެ 08 އިން  21 ވަނަ ދުވަހުގެ ނިޔަލަށް 15 ފަރާތްތަކަށް އަމާޒު ކޮށްގެން ކ. މަނިޔަފުށީގައި އަސާސީ މެރިކަލްޗަރ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

           ވީމާ، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 ޖަނަވަރީ 2024 ވަނަ ދުވަހުގެ  14.00ގެ ކުރިން މި އިޢްލާނާއި އެކު އެއްކަރުދާސްކޮށްފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާ އެކު ހުށަހެޅުއްވުން އެދެމެވެ. ފޯމު އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]  އަށެވެ. ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފާވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.

 ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މި އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.

ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު މި އިންސްޓިޓިއުޓްގެ ނަންބަރު 3322242 ނުވަތަ 3028730 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

09 ޖަނަވަރީ 2024