މަސައްކަތް
ނަންބަރު: GS104-A/IUL/2024/01
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 14 ޖަނަވަރީ 2024 10:00
ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ޅައިމަގު ސްކޫލް ސެކިއުރިޓީ ބެލެހެއްޓުން

އިޢުލާން

ޅައިމަގު ސްކޫލްގެ ސެކިއުރިޓީ ބެލެއްޓުން

 މި ސުކޫލްގެ އިޢުލާން ނަމްބަރ GS104-A/IUL/2023/09 އާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.

2024 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ޅައިމަގު ސުކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަމުގައި ރަޖިސްޓަރީ ވުމަށް ތިރީގައިވާ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ފޯމް ފުރުމުގެ ސުންގަޑިއަކީ 14 ޖެނުއަރީ 2024ވާ އާދިއްތަ ދުވަހުގެ 10:00ގެ ކުރިންނެވެ.

ސްކޫލް ސެކިއުރިޓި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް   https://docs.google.com/forms/d/1BMhQdLi809453XpCpDDQAbj3Fa85Coqo2VhVXdXnIBM/edit

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން

ޅައިމަގު ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރެއްވުން.

2024 ޖެނުއަރީ 14 ވަނަ ދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

2024 ޖެނުއަރީ 18 ވަނަ ދުވަހުގެ 13:00 ގައި

        މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

        މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖަނަވަރީ 2024