ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)314/INDIV/2024/3
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 18 ޖަނަވަރީ 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެންޕްލޯއިމަންޓްގެ ދަށުން ގެންގުޅޭ މުދިމަކު ހޯދުން

                                                                                                                    ނަންބަރ: (IUL)314/INDIV/2024/3

އިޢުލާން

 

ވޭޖް އެމްޕްލޯއީމަންޓްގެ އުޞޫލުން ގެންގުޅޭނެ މުދިމަކު ހޯދުން:

                              މިރަށު ހުކުރު މިސްކިތް މަސްޖިދުލް ސިޔާދަތުގައި ވޭޖް އެމްޕްލޯއީމަންޓްގެ އުޞޫލުން ފަސްވަގުތު ބަންގިގޮވާ އިމާމުވެ ނަމާދުކޮށްދޭނެ ވަގުތީ މުދިމަކު ހޯދަން ބޭނުން ވެއްޖެއެވެ.

މަޤާމުގެ ނަން: މިސްކިތު ކޮންޓްރެކްޓް މުދިމް

މަޤާމުގެ ޝަރުތު: އިމާމް / މުދިމް ކަމުގެ ސަނަދެއް އޮތުން

              މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތައް ތިރީގައިއެވަނީއެވެ.

މުސާރަ: މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒުން ވަގުތީ މުދިމުންނަށް ކަނޑައެޅިފައިވާ އެލަވަންސް ( ކޮންމެ ނަމާދު ވަގުތަކަށް ވަގުތީ މުދިމަކަށްނަމަ -/53 ރުފިޔާ ، ވަގުތީ އިމާމަކަށްނަމަ -/61 ރުފިޔާ )

ވީމާ މިމަސައްކަތް ކޮށްދިނުމުގެ ޝައުގުވެރިކަން ހުރިފަރާތެއް ވާނަމަ 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13.00ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

              މަޤާމަށް މުވައްޒަފަކު ނެގުމަށް ހަމަޖެހިފައިވަނީ 25 ޖަނަވަރީ 2024 އިން 24 ޖަނަވަރީ 2025 އަށް 1 އަހަރުގެ މުއްދަތަށެވެ.

ހުށަހަޅަންޖެހޭ ތަކެތި

  1. ވަޒީފާއަށް އެދިހުށަހަޅާސިޓީ
  2. އައިޑީކާޑުގެ ދެފުށުގެކޮޕީ
  3. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މިމަޤާމަށް އެއްފަރާތަކަށްވުރެ ގިނަ ފަރާތަކުން ކުރިމަތިލާފައިވާނަމަ މިމަޤާމަށް މީހަކު ނަގާނީ ހުށަހަޅާފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާރކްސް ލިބޭ ފަރާތެކެވެ. އިންޓަވިއު އޮންނާނެ ތަނާއި ގަޑި ހުށަހަޅާފަރާތްތަކަށް ފަހުން އެންގޭނެއެވެ.

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

26 ޖުމާދުލްއާޚިރު 1445

9 ޖަނަވަރީ 2024

09 ޖަނަވަރީ 2024