މަސައްކަތް
ނަންބަރު: (IUL)342/2024/4
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 23:29
ސުންގަޑި: 11 ޖަނަވަރީ 2024 12:30
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވެފައިވާ މި ކައުންސިލްގެ ޓީމާއި ގުޅޭ:

 

އިޢުލާން

 

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވެފައިވާ މި ކައުންސިލްގެ ޓީމާއި ގުޅޭ:

                 ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި ބައިވެރިވާ މިކައުންސިލްގެ ޓީމުގެ ޕްރެކްޓިސް ތަކާއި ޓީމުގެ މަސައްކަތްތަށް ކުރިޔަށް ގެންދިއުމަށް ޝައުގުވެރިވާ ކްލަބް/ޖަމިއްޔާ ތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ކަމާއި ގުޅިގެން ކުރެވުނު ނަންބަރު (IUL)342/2024/2 އިޢުލާނުގައި ދެންނެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާތީ އެ އިޢުލާން ވަނީ ބާތިލު ކުރެވިފައެވެ.

             ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖަނަވަރީ 09 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން ރަޖިސްޓްރީ ކޮށްދިނުމަށް އެދި [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2024 ޖަނަވަރީ 09 ވާ އަންގާރަ ދުވަހުގެ 13:15 ގައި ކައުންސިލް މީޓިންހޯލްގައި އޮންނާނެއެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކުން 2024 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން މި ކައުންސިލަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

26 ޖުމާދުލްއާޚިރު 1445

08 ޖަނަވަރީ 2024

   

08 ޖަނަވަރީ 2024