ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)243-S02/243/2015/11
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 06 އޭޕްރިލް 2015 15:00
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފުވައްމުލަކު ބަނދަރު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަޤާމު

މަސައްކަތު (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރައާއި އެލަވަންސް

މަހަކު -/4،100 ރުފިޔާ (ހަތަރުހާސް އެއްސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އުމުރުން 65 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން. 

ކުރަންޖެހޭ މައިގަނޑު

މަސައްކަތްތައް

1. ބަނދަރު މެނޭޖުކޮށް ބެލެހެއްޓުން (ބަނދަރުތެރެއަށް އަންނަ އުޅަދުފަހަރަށް ޖާގަ ހަމަޖެއްސުން)

2. ބަނދަރު މެނޭޖުކުރުމަށް ހެދިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާ ޚިލާފުވާ ފަރާތްތައް އަތޮޅު ކައުންސިލަށް

ރިޕޯޓްކުރުން.

3. ބަނދަރު ސަރަހައްދާއި، ބަނދަރު ތެރެއިން ކުނިނަގާ ސާފުކޮށް ބެލެހެއްޓުން.

4. ބަނދަރަށާއި، ބަނދަރު ސަރަހައްދަށް ކަރުގޮހޮރު އަޅާ ފަރާތްތައް ބެލުމާއި، އެކަން ހުއްޓުވުން.

5. ޤަވާޢިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ މަސައްކަތް، އަތޮޅު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުން.

6. ބަނދަރު ސަރަހައްދުގެ ޑިއުޓީ ކުރަންޖެހޭ ޙާލަތްތަކުގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރުން.

7. ބަނދަރަށް ވަދެނުކުމެ ހަދާ ސަފާރީތަކަށް ޖާގަދިނުމާއި، ސަފާރިތަކުން ލިބެންޖެހޭ ފައިސާ ހޯދުން.

ޢިނާޔަތްތައް

މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

- ވަޒީފާގެ ދާއިރާގެ ޓެކްނިކަލް މަޢުލޫމާތު ލިބިފައިވުން.

- މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

ހުށަހަޅަންޖެހޭ ތަކެތި

- މަޤާމަށް އެދި ހުށަހަޅާ ސިޓީ.

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 

- ލިބިފައިވާ ތަޖުރިބާގެ ލިއުމުގެ ކޮޕީ.

ސިޓީ ފޮނުވަންވީ ތާރީޚު

2015 އެޕްރީލް 6 ވާ ހޯމަ ދުވަހުގެ މެންދުރު 15:00 ގެ ކުރިން، އަތޮޅު ކައުންސިލް އިދާރާއަށް.

5 ޖުމާދަލްއާޚިރާ 1436

 

25 މާރިޗު 2015