ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2024/13
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 11 ޖަނަވަރީ 2024 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޓޭޝަން މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސްޓޭޝަން މެނޭޖަރ 

ވަޒީފާގެ ދާއިރާ:

ވ. ފުލިދޫ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/10,000ރ އާއި -/21,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅޭ ދާއިރާއަކުން ޑިގްރީއެއް ޙާޞިލްކޮށްފައިވުން

 ނުވަތަ؛

  • މަސައްކަތާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ؛

  • ހިންގުމުގެ ދާއިރާގައި މަދުވެގެން 15 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  1. އިންޖީނުގޭގެ މެނޭޖަރެއްގެ ޙައިސިއްޔަތުން މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުމާއި އިންޖީނުގެ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރުން.
  2. އިންޖީނުގެ ހިންގުމާއި ޙަވާލުވެހުންނަ އެންމެ އިސް މުވައްޒަފެއްގެ ޙައިސިއްޔަތުން ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް، ފޯރުކޮށްދިނުމައްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.
  3. ރަށުގެ ކުރިއެރުމާއި ތަރައްޤީ އާއި ގުޅޭގޮތުން ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް ކަމާއިގުޅުންހުރި ދާއިރާތަކަށް ހުށަހެޅުން.
  4. މުވައްޒަފުންނާއި ގުޅުންހުރި ކަންތައްތައް ހަމަޖެހިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ހިންގުމާއި، މުވައްޒަފުންގެ ރެކޯރޑްސް ބެލެހެއްޓުން
  5. ކުންފުނިން ދެމުން ގެންދާ ޚިދުމަތްތަކާ ބެހޭ ހުރިހާ ކަމެއްގައި ހަމަޖެހިފައިވާ ޤަވާއިދު ތަކާއި އުސޫލް ތަކާއި އެއްގޮތަށް ޢަމަލު ކުރުން
  6. ޑީސަލާއި، އަޑީތެލާއި، ސްޕެއަރ ޕާރޓްސް އާއި، ޓޫލްސް އަދި ލިޔެކިޔުމަށް ބޭނުންވާ ތަކެއްޗާއި، އަދި އެހެނިހެން ތަކެތި ބޭނުންވާ މިންވަރަށްވުރެ އިތުރު ނުވާނެ ގޮތުގެމަތިން ހޯދައި ބެލެހެއްޓުމާއި، ހޭދަ ކުރުމުގެ ކަންތައް ޤަވާއިދުން ހިންގުން.
  7. އިންޖީނުގެއަށް ބޭނުންވާ މުދަލާއި ތަކެތީގެ އިތުރުން ބޭނުންވާ ކަންކަން ބަލެހެއްޓުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

11 ޖަނަވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ ވ. ފުލިދޫ އިންޖީނުގެ އަށް 11 ޖަނަވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއިއެވެ. އަދި އިންޓަވިއުއިން  ފާސްވާ ފަރާތަކަށް މިވަޒީފާ ހަމަޖައްސާ ދެވޭނެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

26 ޖުމާދަލްއާޙިރާ 1445

08 ޖަނަވަރީ 2024

08 ޖަނަވަރީ 2024