މުބާރާތް
ނަންބަރު: (IUL)369-AS/369/2024/1
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 11 ޖަނަވަރީ 2024 11:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވެފައިވާ މި ކައުންސިލްގެ ޓީމް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވެފައިވާ މި ކައުންސިލްގެ ފުޓްސަލްޓީމް މުބާރާތައް ތައްޔާރު ކުރުމާއި، މުބާރާތުގެ މެޗު ތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއި އެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާގޮތުގެ މަތިން ޓީމް ގެ ކަންތައްތައް ރާވައި ހިންގާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.  ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ މި އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ޝީޓް ޖަދުވަލް 1 ގައިވާ ގޮތުގެ މަތީންނެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 11 ޖަނަވަރީ 2024 ވަނަ ދުވަހުގެ 11:00 އާއި ހަމައަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ޕްރޮޕޯސަލް މެއިލްކުރައްވާނަމަ މެއިލްކުރައްވާނީ [email protected] އަށް ކަމުގައިވެސް ދަންނަވަމެވެ.

08 ޖަނަވަރީ 2024