ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)233-ADS/233/2015/11
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 08:18
ސުންގަޑި: 05 އޭޕްރިލް 2015 14:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ފައިނޭންސް އޮފިސަރ

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރު ދުވަސް)                                               

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ކަނޑައަޅާ ރަށްތަކެއްގައި

މުސާރަ:

މަހަކު -/6،000 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ރަށުން ބޭރުގައި މަސައްކަތް ކުރާ ދުވަހަކަށް:

-/150 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

 

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛                       

2. ސާނަވީ އިމްތިޙާނުގައި އެކައުންޓު ނުވަތަ ހިސާބު، މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އއ. އަތޮޅު ކައުންސިލްގެ އިދާރާއިން ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާ ލެކްޗަރާއިންގެ ޚާޒިރީ ބެލެހެއްޓުމާއި، މުސާރާއިގެ ކަންތައްތައް ކުރުމާއި، ދަރިވަރުންގެ ފީބަލައިގަތުމާއި، މި ކޯސްތަކުގެ ދަރިވަރުންނާ ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތް ކުރުން.
  2. ކޯސްތަކުގެ ކިޔެވުން ކުރިޔަށްދާ ދުވަސްތަކުގައި ކަނޑައަޅާފައިވާ ރަށްތަކަށް ދަތުރުކުރުން.
  3. މީގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން. 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 5 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދެންވާނީ، މި އިދާރާއަށް އެޑްރެސްކޮށްފައިވާ ސިޓީއަކުންނެވެ. މަޤާމަށް އެދި ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 5 އޭޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން)
  2. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 6660606 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ،6660707 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

5 ޖުމާދަލްއާޚިރާ 1436 

25 މާރިޗު 2015