ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)334/334/2015/25
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 07 އޭޕްރިލް 2015 12:30
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު/ މުދިމު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

އިމާމު/ މުދިމު

އަތޮޅާއި ރަށް:

މާލެއަތޮޅު / ހުރާ

މަޤާމުގެ އަދަދު:

1 (އެކެއް)

މަސައްކަތްކުރާ ތަން:

ހުރާގެ މިސްކިތްތައް

މުސާރަ:

އިމާމު 4465.00 ރުފިޔާ، މުދިމު 3565.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

އިމާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުދިމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ރޭންކް:

އިމާމު ޖީ.އެސް 3، މުދިމު ޖީ.އެސް 1

ސެކްޝަން:

ހުރާ ކައުންސިލް އިދާރާ / އިކޮނޮމިކް ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

އެހެނިހެން އެލަވަންސް:

ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސް، އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާ، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް، ހަމަޖެހިފައިވާ ޤަވާޢިދުގެމަތިން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  •  ފަރުޟުފަސްނަމާދުންކުރެ ކޮންމެ ނަމާދުވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް (ރަށު ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތަކަށް) ގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި، ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.
  • މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، ދަތިވާ ކޮންމެކަމެއް، ކައުންސިލްގެ އިދާރާއަށް އަންގައި، އެކަން ރަނގަޅުކުރެވޭތޯ  ބެލުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ،  ކައުންސިލްގެ އިދާރާއަށް އެކަން އަންގައިގެން، އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  • ރަށު ކައުންސިލުން އަންގައިފި ހިނދެއްގައި،  ކޭތަ ނަމާދާއި، ޢީދު ނަމާދާއި، ހުކުރު ނަމާދު، އިމާމުވެ ކުރުން.
  • މިސްކިތުގައި، ތަރާވީޙު ނަމާދާއި ކަށުނަމާދު އިމާމުވެ ކުރުން.
  • މިސްކިތުގެ މަސައްކަތުމީހުން މަސައްކަތްކުރާ ނުކުރާގޮތް ބަލައި، ކައުންސިލުން އަންގާ ގޮތެއްގެ މަތިން އެމީހުންލައްވައި މަސައްކަތް ކުރުވުން.
  • މިސްކިތު މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ، މިސްކިތު އިމާމު މިސްކިތުގްތެރެ ސާފުކުރުމާއި، ނަމާދުކޮށް ނިމިގެންދަމުން ބޮކި، ހޮޅިބުރި، ފަންކާފަދަ ތަކެތި ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.
  • މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިނގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
  • މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައްތައް ކުރުން.
  • މިސްކިތާ ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހައި، އެ ޝަކުވާތައް ކައުންސިލަށް ހުށަހަޅައިގެން، އެކަންކަން  ޙައްލުކުރުމަށް މަސައްކަތް ކުރުން.
  • ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ

ތާރީޚު

އެޕްލިކޭޝަން ފޮނުވާނީ، 2015 އެޕްރީލް 7 ވާ އަންގާރަދުވަހުގެ މެންދުރު 30-12 ގެ ކުރިން، މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ (ކ. ހުރާ) އަށެވެ.

އިންޓަވިއު

އިންޓަރވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ، 2015 އެޕްރީލް 8  ވަނަ ދުވަހު، މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.

އިމާމުކަމުގެ ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މުދިމުކަމުގެ ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤަބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖްވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ، ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

މުދިމުކަމުގެ މަޤާމަށް މީހަކު ހޮވުމުގައި، ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލޭނެއެވެ. އިމާމުކަމުގެ މަޤާމަށް ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ، މުދިމުކަމުގެ މަޤާމަށް މީހަކު ހޮވާނީ، މުދިމުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއިން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބޭ ފަރާތެކެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒިފާއަށް އެދި ހުށަހަޅާ ސިޓީ / ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، މާލެ އަތޮޅު ހުރާ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކިޔަން އެނގޭ)
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއެކު)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒިފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  6. ސަރުކާރަށް ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6640074 ނަންބަރު ފޯނަށް ނުވަތަ 7752778 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6640074 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

3 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015