ވަޒީފާގެ ފުރުޞަތު
ނަންބަރު: A3-420/2015/12
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 08:13
ސުންގަޑި: 13 އޭޕްރިލް 2015 14:30
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                   މަސައްކަތު

މަޤާމުގެ ރޭންކް:              އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:        ސަޕޯޓް ސަރވިސް ގްރޭޑް 1

ޑިވިޜަން:                 އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް މުނިސިޕަލް ސަރވިސް

މުސާރަ:                  މަހަކު -/4000 ރުފިޔާ

ސަރވިސް އެލަވަންސް:          -

ލިވިންގއެލަވަންސް:            -

އެހެނިހެން އެލަވަންސް:          -

އޯވަޓައިމް އެލަވަންސް:          -

ބޭނުންވާ ޢަދަދު:             1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:          

- އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ދަތުމާއެކު، މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުން.

- ގިނަވަގުތު މަސައްކަތްކުރެވޭ މީހަކަށްވުމާއި، ސިއްޙީގޮތުން މިފަދަ މަސައްކަތް ކުރެވޭނެ ޞިއްޙަތެއްހުރި މީހެއްކަމުގައިވުން.     

މަޤާމުގެ މަސްއޫލިއްޔަތު: ރަތަފަންދޫ ގޮނޑަށް އުކައިލެވޭ ކުނިތައް، ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން މެނޭޖުކޮށް ބެލެހެއްޓުމާއި، ޢާއްމުންނަށް އުނދަގޫނުވާނެގޮތެއްގެމަތިން އަންދާލަންޖެހޭ ކުނި އެންދުމާއެކު، ޤަވާޢިދާ ޚިލާފަށް ގޮނޑަށް ކުނިއެޅުނަ ނުދިނުމާއި، ޤަވާޢިދާ ޚިލާފުވާ ފަރާތްތައް ކައުންސިލްގެ އިދާރާއަށް ރިޕޯޓްކުރުމާއެކު، އެފަދަ ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:  2015 އެޕްރީލް 13 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ސަރުކާރު / އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)        

- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

-އިންޓަރވިއުއަށް ( ކަނޑައެޅިފައިވާ އިންސައްތަ: %54)

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: މި ވަޒީފާއަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 2015 އޭޕްރީލް 20 ވާ ހޯމަ ދުވަހު، ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6840016 ނަންބަރު ފޯނާއެވެ. ނުވަތަ ކައުންސިލްގެ ރައީސް އަޙްމަދު ފައުޒީގެ 7987720 ނަންބަރު މޯބައިލް ފޯނާއެވެ. ފެކްސް ނަންބަރަކީ 7929316 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

6 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015