ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)212-H/212/2024/2
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 16 ޖަނަވަރީ 2024 13:00
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
ދިވެހިރާއްޖެ
ސީނިއަރ ޖުވެނައިލް ޖަސްޓިސް އޮފިސަރ- ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1

  ނަންބަރު:  (IUL)212-H/212/2024/2

އިޢުލާނު 

މަޤާމު:

ސީނިއަރ ޖުވެނައިލް ޖަސްޓިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-384254 , J-384255

ބޭނުންވާ އަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް،

ރިހެބިލިޓޭޝަން އެންޑް ރީ އިންޓަގްރޭޝަން ޑިވިޜަން، ޑައިވާޝަން،ރިހެބިލިޓޭޝަން އެންޑް ރީ-އިންޓެގްރޭޝަން ސެކްޝަން، އަރލީ އިންޓަރވެންޝަން ޔުނިޓް

މުސާރަ:

12,261.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު  5,721.00   ރުފިޔާ

ހާޒިރީ ޢިނާޔަތް:

  1. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  2. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް 155.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ޑިޕާޓްމަންޓަށް ހުށަހެޅޭ ޤާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ އަދި ޤާނޫނާއި ހިލާފު އަމަލުތަކަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބި 15 އަހަރުންދަށުގެ ކުދިންނާއި ގުޅިގެން ހުށަހަޅާ މައްސަލަތައް އެލޮކޭޓް ކުރެވުމުން އެ މައްސަލަތަކުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ވޭދަނައިގެ މަސައްކަތްކުރުން އަދި މިފަދަ ހާލަތްތަކުގައިވާ ކުދިންނާއި އާއިލާތަކަށް ނަފްސާނީ އަދި އިޖުތިމާއި އެހީތެރިކަން ފޯރުކޮށްދިނުން
  2. ޑިޕާޓްމަންޓަށް ހުށަހެޅޭ ޤާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ އަދި ޤާނޫނާއި ހިލާފު އަމަލުތަކަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބި 15 އަހަރުންދަށުގެ ކުދިންނާއި ގުޅިގެން ހުށަހަޅާ މައްސަލަތަކުގައި އެފަދަ ކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެކުދިންނަށް ބޭނުންވާ އެހީތެރިކަން އަދި ރިހެބިލިޓޭޓްކުރުމަށް ބޭނުންވާ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި އެސެސްމަންޓްތައް އެކުލަވާލުމާއި އަދި އެނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމާއިގުޅޭ ސެކްޝަންތަކާއި ގުޅިގެން ޕްރޮގުރާމްތައް ހިންގުން
  3. ޑިޕާޓްމަންޓަށް ހުށަހެޅޭ ޤާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ އަދި ޤާނޫނާއި ހިލާފު އަމަލުތަކަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބި 15 އަހަރުންދަށުގެ ކުދިންގެ މައްސަލައެއްގައި ކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި ކަމާބެހޭ މުވައްސަސާތަކަށް އެންގުމާއި އަވަސް ފިޔަވަޅު އެޅުމަށް ބާރުއެޅުމުގެ އިތުރުން ރިކޯޑް ބެލެހެއްޓުން
  4. ޑިޕާޓްމަންޓަށް ހުށަހެޅޭ ޤާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ އަދި ޤާނޫނާއި ހިލާފު އަމަލުތަކަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބި 15 އަހަރުންދަށުގެ ކުދިންނާއި ގުޅިގެން ހުށަހަޅާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ޑިޕާޓްމަންޓުގެ އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތުތައް ބަރާބަރަށް އަޕްޑޭޓްކޮށް ބެލެހެއްޓުން
  5. ޑިޕާޓްމަންޓަށް ހުށަހެޅޭ ޤާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ އަދި ޤާނޫނާއި ހިލާފު އަމަލުތަކަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބި 15 އަހަރުންދަށުގެ ކުދިންނާއި ގުޅިގެން ހުށަހަޅާ މައްސަލަތަކުގައި ކޭސްކޮންފަރެންސިންތައް ކަމާއި ގުޅޭ މުވައްސަސާތަކާއި ގުޅިގެން ބޭއްވުމާއި އަދި އެހެން މުވައްސަސާތަކުން ބާއްވާ ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވުން
  6. ޑިޕާޓްމަންޓަށް ހުށަހެޅޭ ޤާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ އަދި ޤާނޫނާއި ހިލާފު އަމަލުތަކަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބި 15 އަހަރުންދަށުގެ ކުދިންނާއި ގުޅިގެން ހުށަހަޅާ މައްސަލަތަކުގައި ރުޖޫއީ އިންސާފުގެ ފަލްސަފާ ބޭނުންކޮށްގެން ރެސްޓޮރޭޓިވް ކޮންފަރެންސިންގ، ކޮމިއުނިޓީ ކޮންފަރެންސް، މީޑީއޭޝަން ފަދަ ބައްދަލުވުންތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔުން.
  7. ކުށުގެ ވެއްޓަށް ހުށަހެޅިދާނެކަމަށް ފެންނަ ކުދިންނާއި އަދި ކުށުގެ ނުރައްކަލުގައި ތިބި ކުދިން އިސްލާހުކޮށް މުޖުތަމައަށް އަނބުރާ ގެނައުމުގެ ބޭނުމަށް މަރުކަޒުކުރެވޭ ހާލަތުގައި އެކުދިންނަށް ރިހެބިލިޓޭޝަން ޕްރޮގުރާމް ހިންގުމާއި މި ޕްރޮގުރާމްތައް ހިންގުމުގައި އެހިތެރިކަން ފޯރުކޯށްދިނުން
  8. ޑިޕާޓްމަންޓަށް ހުށަހެޅޭ ޤާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ އަދި ޤާނޫނާއި ހިލާފު އަމަލުތަކަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބި 15 އަހަރުންދަށުގެ ކުދިންނާއި ގުޅިގެން ހުށަހަޅާ މައްސަލަތަކުގައި މަސައްކަތްކުރާއިރު މިކުދިންނަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނުން ލިބިދޭންޖެހޭ ހައްގުތައް އަދި ހިދުމަތްތައް ފޯރުކޯށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި އައު މައްސަލަތައް ގަވާއިދުން ސުޕަވައިޒަރއާއި ހިއްސާކުރަމުންދިޔުމާއި ، މުވައްސަސާތަކުގެ މެދުގައި ކޯރޑިނޭޝަން ރަނގަޅުކުރުމަށް ހުށަހެޅުންތައް ހުށަހެޅުން.
  9. ކުޑަކުދިންގެ ހައްގުތައް ރައްކާކޮށްދިނުމުގެ ގާނޫނޫ ( 2019/19) އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނު (2019/18) ގައި ބަޔާންކުރާ ހައްގުތައް ކަށަވަރުކުރުމަށް ކަމާއިގުޅޭ މުވައްސަސާތަކާއި ގުޅިގެން މަސައްކަތްކުރުން. އަދި މިތަނުން އެއްވެސް ހައްގަކަށް އުނިކަމެއް އަންނަނަމަ ކަނޑައެޅިފައިވާ ޤާނޫނާއި ގަވާއިދުގެ ތެރެއިން ޑިޕާޓްމަންޓުގެ ކަމާއިގުޅޭ ސެކްޝަން/ ޔުނިޓުތަކާއި ގުޅިގެން ހުށަހަޅަންޖެހޭ މުއައްސަސާތަކަށް ހުށަހެޅުން
  10. ޑިޕާޓްމަންޓަށް ހުށަހެޅޭ ޤާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ އަދި ޤާނޫނާއި ހިލާފު އަމަލުތަކަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބި 15 އަހަރުންދަށުގެ ކުދިންގެ މައްސަލަތައްކުގައި މިއިން ކުއްޖަކު އެހެން އިދާރާއަކަށް ހާޒިރުކުރެވޭ ހާލަތުގައި އެ އިދާރާއަކަށް ހާޒިރުވާން ޖެހިއްޖެ ނަމަ އެ އިދާރާއަކަށް ހާޒިރުވެ ކުއްޖާގެ މަސްލަހަތުގައި މަސައްކަތްކުރުން.
  11. ކުށުގެ ވެއްޓަށް ހުށަހެޅިދާނެކަމަށް ފެންނަ ކުދިންނާއި އަދި ކުށުގެ ނުރައްކަލުގައި ތިބި ކުދިންނާއި 15 އަހަރުންދަށުގެ ކުދިންނާއި ގުޅިގެން ހުށަހަޅާ މައްސަލަތަކުގައި ވޭދަނައިގެ މަސައްކަތްކުރުމަށް އެ ކުދިން ދިރިއުޅެ ރަށްރަށަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކޮށް ވޭދަނައިގެ މަސައްކަތްކުރުން.
  12. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގާނޫނު (2019/19) ގެ 69 ވަނަ މާއްދާގައި ބަޔާންކުރާފަދަ " އަޅާލުމާއި ރައްކާތެރިކަން ބޭނުންވާފަދަ ކުއްޖެއްކަމަށްވާނަމަ" އެކަން ކަމާއި ގުޅުންހުރި އިދާރާއަށް ރިޕޯޓްކުރުން އަދި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ކުށް (122 ވަނަ މާއްދާ)، ގްރޫމްކުރުމުގެ ކުށް ( 123 ވަނަ މާއްދާ) ، ކުޑަކުއްޖަކާއިމެދު އިހުމާލުވުމުގެ ކުށް (124 ވަނަ މާއްދާ) ނުވަތަ ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށް ( 126 ވަނަ މާއްދާ ) ކުރާނަމަ އެކަން ލަސްނުކޮށް ކަމާއި ގުޅުހުރި މުވައްސަސާއަކަށް ރިޕޯޓްކުރުން
  13. އެކުލަވާލެވިފައިވާ ޑިއުޓީ ރޮސްޓާރއާއިއެއްގޮތްވާގޮތުގެ މަތިން މި ޑީޕަޓްމަންޓުގެ އޮންކޯލް ފޯނުގެ ޑިއުޓީ ނެގުމާއި އޮންކޯލް ޑިއުޓީގައި ހުންނައިރު ޑިއުޓީއަށް ހުށަހެޅޭ ކަންކަމަށް އެޓެންޑްވުން.
  14. ސެކްޝަން/ޔުނިޓް މުވައްޒަފަކު ނެތް ޙާލަތެއްގައި ވެރިންވިދާޅުވާ ގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތް ކުރުމާއި، މީގެ އިތުރުންވެސް މުޅި ޑިޕާޓުމަންޓަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް 
  2. އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން 
  3. ބިހޭވިއަރަލް ހެލްތް ސައިންސް 
  4. ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ 
  5. ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް 
  6. ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް 
  7. ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން 
  8. ޗައިލްޑް އެންޑް ކޮމިއުނިޓީ 
  9. ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް 
  10. ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޖުވެނައިލް ޖަސްޓިސް 
  11. ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ 
  12. ޗައިލްޑް ވެލްފެއަރ ވަރކް 
  13. ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް 
  14. ކަރެކްޝަންސް އެންޑް ޖުވެނައިލް ޖަސްޓިސް ސްޓަޑީޒް 
  15. ކައުންސެލިންގ
  16. އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް 
  17. ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް 
  18. ފެމިލީ ސްޓަޑީޒް 
  19. ފެމިލީ ތެރަޕީ 
  20. ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް 
  21. ޖުވެނައިލް ޖަސްޓިސް 
  22. މެރިއޭޖް އެންޑް ފެމިލީ 
  23. މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް 
  24. މެރޭޖް އެންޑް ފެމިލީ ތެރެޕީ 
  25. ސައިކޮލޮޖީ 
  26. ސޯޝަލް ސަރވިސަސް 
  27. ސޯޝަލް ވޯރކް 
  28. ސޯޝިއޮލޮޖީ 
  29. ޔޫތް ވަރކް އެންޑް ކްރިމިނަލް ޖަސްޓިސް

 

މަޤާމުގެ މަސައްކަތު ދާއިރާތައް:

ސޯޝަލް ސާވިސަސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، ގ.އަސްދޫގެ (3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 25 ޖެނުއަރީ 2024 އާއި 31 ޖެނުއަރީ 2024 އާ ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް (ގ. އަސްދޫގެ، 3 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031488 ނުވަތަ 3031498 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ރެކްރޫޓްމަންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 26 ޖުމާދަލްއާޚިރާ 1445

08 ޖެނުއަރީ 2024

08 ޖަނަވަރީ 2024