މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ރޭންކް: ޖީ.އެސް.3 (ޖެނެރަލް ސަރވިސް 3)
|
މުސާރަ
|
މަހަކު -/4,465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1,500 ރުފިޔާ
|
ސެކްޝަން/ އޮފީސް/ ތަން
|
ލޭންޑް ޓްރާންސްޕޯޓް ސެކްޝަން / ޓްރާންސްޕޯޓް އޮތޯރިޓީ، މާލެ
|
މަޤާމުގެ މަސްއޫލިއްޔަތު
|
އެއްގަމު ލައިސަންސް ކާޑު ހެދުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. (%49)
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. (%8)
- މަސައްކަތުގެ ހުނަރަށް ބަލައިގެން. (%43)
- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %35 އަށްވުރެ މަތިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އެއްގަމު ލައިސަންސް ކާޑަށް އެދި ހުށަހަޅާ ފޯމުގައިވާ ޑޭޓާތައް އެންޓަރކުރުމާއި، ކާޑު ޕްރިންޓްކޮށް އެންކޯޑްކުރުމަށްފަހު ޑެލިވަރީއާ ހަވާލުކުރުން.
- އެއްގަމު ލައިސަންސް ކާޑު ޕްރިންޓްކުރިގޮތުގެ ރިޕޯޓު ހެދުން.
- ހެވީ ވެހިކަލް އޮޕަރޭޓްކުރުމުގެ ހުއްދަ ހެދުން.
- ތިއަރީ ޓެސްޓް ޓްރާންސްލޭޓްކޮށް ދިނުން.
- ލައިސަންސް ކާޑު ޕްރިންޓްކުރުމުގެ މަސައްކަތް އަލަށް ފަށްޓާ އަތޮޅުތަކަށް ދިއުމާއި، އެތަނުގެ މުވައްޒަފުން ތަމްރީނު ކުރުން.
|
އިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހެލްތު އިންޝުއަރެންސް ސްކީމުގެ ދަށުން ބޭސްފަރުވާ ކުރެވޭނެ.
|
ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި) ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ސިޓީއާއި ތަކެތި ބަލައިގަންނަ ކައުންޓަރުންނާއި މިއޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތަކާއި، ޓްރާންސްކްރިޕްޓްތަކާއި، އެހެނިހެން ލިޔުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ ގުޅޭނެ ނަންބަރު އަދި އީމެއިލްއެޑްރެސް ހިމަނާފައި)
ނޯޓް: މިއޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މިމަޤާމަށް ކުރިމަތިލާނަމަ ހުށަހަޅުއްވަންޖެހޭނީ ހަމައެކަނި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ (ހުރަވީ ބިލްޑިންގ، އަމީރު އަޙުމަދު މަގު) އަށް ހުށަހެޅުއްވުން އެދެމެވެ.
|
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން
|
މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު ބޭއްވޭނީ ޓްރާންސްޕޯޓް އޮތޯރިޓީ / ހުރަވީ ބިލްޑިންގގެ 01 ވަނަ ފަންގިފިލާ، މާލެ
|
އިތުރު މަޢުލޫމާތު
|
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ 10 ފަރާތްތަކަށެވެ.
- ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަރވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެއެވެ. އަދި އިންޓަރވިއު ފެށުމުގެ 10 މިނިޓް ކުރިން އިނގިރޭސި އަދި ދިވެހިބަހުން ސިޓީލިޔުމާއި އިބާރާތްކުރުމުގެ ފެންވަރު ބެލުމުގެ ޓެސްޓެއް ދެވޭނެއެވެ.
- އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު، އައި.ޑީ ކާޑުގެ އަސްލާއި ލިބިފައިވާ ތަޢުލީމާއި ތަމްރީނުތަކުގެ ސެޓުފިކެޓުގެ އަސްލާއި ޓްރާންސްކްރިޕްޓްތަކުގެ އަސްލު ގެންނަންވާނެއެވެ.
- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343420 / 3343421 އެވެ. ފެކްސް ނަންބަރަކީ 3343434 އެވެ.
|