ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2015/33
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 18:57
ސުންގަޑި: 05 އޭޕްރިލް 2015 00:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް ޤުރުއާން މުުދައްރިސް

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ލ.ގަމުގައި ހިންގުމަށް ހަމަޖެހިފައިވާ ޤާރީކޯސްތަކުގައި ކިޔަވައިދިނުމަށް ރިސޯސް ޤުރުއާން މުދައްރިސުން ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 01

މުސާރަ: ނަގައިދޭ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ޝަރުޠު: ޤުރުއާން މުދައްރިސް ޑިޕްލޮމާ ހަދާފައިވުން.

މުއްދަތު: 2 އަހަރު

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 05 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޤުރުއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މުދައްރިސުން ހޮވުމުގައި ކޯސް ހިންގުމަށް ހަމަޖެހިފައިވާ ރަށުގައި ދިރިއުޅުއްވާ ކިޔަވައިދިނުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

04 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015