ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2015/34
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 18:55
ސުންގަޑި:
05 އޭޕްރިލް 2015 00:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސުޕަވައިޒަރ
މި މަރުކަޒުގެ ފަރާތުން ހިންގަމުންދާ ޤުރުއާން މުދައްރިސްކަމުގެ އެޑްވާންސް އަދި ޑިޕްލޮމާ ކޯހުގެ ޓީޕީ މިމަރުކަޒުން ކަނޑައަޅާ މިންގަނޑެއްގެ ދަށުން ސްޕަވައިޒަރުކަން ކޮށްދެއްވާނޭ ސްޕަވައިޒަރުން ހޯދުމަށް ބޭނުންވެއެވެ.
ބޭނުންވާ އަދަދު: 5
ޝަރުޠު:
- ސްކޫލެއްގައި ސްޕަވައިޒަރީ ލެވެލްގައި މަދުވެގެން 3 އަހަރު އުޅެފައިވުން. ނުވަތަ،
- ޤުރުއާން މުދައްރިސްކަމުގެ ޑިޕްލޮމާ ހަދާފައިވުމާއެކު، ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
އެލަވަންސް: އޮބްޒަރވް ކުރައްވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑު ކޮޕީއާއެކު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް މީހުން ނެގުމުގައި މީގެކުރިން ޤުރުއާން މާއްދާ އޮބްޒާރވް ކުރެއްވުމުގެ މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
04 ޖުމާދަލްއާޚިރާ 1436
24 މާރިޗު 2015