ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މިވަގުތު މިއޮފީހުގައި ހުރި ހުސް މަޤާމު:
މަޤާމުގެ ނަން ސެކްޝަން: ބޭނުންވާ އަދަދު އަސާސީ މުސާރަ: ސަރވިސް އެލަވަންސް: ޚާއްޞަ އެލަވަންސް: ލިވިންގ އެލަވަންސް މަޤާމުގެ ޝަރުޠު:
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
ސީނިއަރ ރިސަރޗް އޮފިސަރ މެނިފެސްޓޯ މޮނިޓަރިންގ ސެކްޝަން 1 (އެކެއް) -/6,295 ރުފިޔާ -/2,000 ރުފިޔާ 2,832/75 ރުފިޔާ (އަސާސީ މުސާރައިގެ %45) -/2,500 ރުފިޔާ
ސަރުކާރުގެ ސިޔާސަތުތަކާއި، މެނިފެސްޓޯ ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ތަފާސްހިސާބުތައް ތައްޔާރުކުރުން. |
މި މަޤާމުތަކަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު، 2 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މިމަޤާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަޤާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މިއޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެން ހުންނާނެއެވެ. މިއޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.
05 ޖުމާދަލްއާޚިރާ 1436