ބީލަން
ނަންބަރު: (IUL)309-ESM/309/2024/3
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:50
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ގޭ ބިސީތަކުން ކުނިނެގުމަށް ބޭނުންވާ ޕިކަޕާކާއި ޑްރައިވަރެއް ހޯދުމާއި ގުޅޭ
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން ރ.އިނގުރައިދޫގެ ގޭބިސީ ތަކުން ކުނި ނެގުމަށް ބޭނުންކުރާނެ ޕިކަޕަކާއި ޑްރައިވަރެއް ފޯރުކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 16 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
- މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 17 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
- މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 18 ޖަނަވަރީ 2024 ވާ ބްރާސްފަތި ދުވަހުގެ 13:15ގެ އިނގުރައިދޫ ކައުންސިލް އިދާރާގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 21 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ޖަނަވަރީ 2024