ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)485-TE/1/2024/1
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:26
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ޓެރިފް ރޭޓްތައް

އިޢުލާން

މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ޓެރިފް ރޭޓްތައް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން މާލެ ސަރަހައްދުގައި ދެމުންގެންދާ ކުނި މެނޭޖުކުރުމުގެ ހިދުމަތްތަކަށް ނެގުމަށް ކަނޑައަޅާފައިވާ ފީ، 1 މާރިޗް 2023 ގައި މި އޮތޯރިޓީއިން ވަނީ އަންނަނިވި ގޮތަށް ފާސްކޮށްފައެވެ.

ގޭބީސީތައް

-          ގޭބީސީތަކުން ކުނި ނެގުމުގެ ހިދުމަތަށް ނަގާ އަގު – މަހަކު 150 ރުފިޔާ

-          ކޯލް އެންޑް ޕިކްއަޕް ސަރވިސްގެ ހިދުމަތް – ޓަނަކަށް 330 ރުފިޔާ

-          ޓްރާންސްފަރ ސްޓޭޝަނަށް އަމިއްލައަށް ކުނި ގެންދިޔުން – ޓަނަކަށް 1060 ރުފިޔާ

ވިޔަފާރިތަކާއި ކޮމާޝަލް ތަންތަން

-          ވިޔަފާރިތަކާއި ކޮމާޝަލް ތަންތަނުން ކުނި ނެގުމުގެ ހިދުމަތަށް ނަގާ އަގު – ލިޓަރަކަށް 27 ލާރި

-          ކޯލް އެންޑް ޕިކްއަޕް ސަރވިސްގެ ހިދުމަތް – ޓަނަކަށް 330 ރުފިޔާ

-          ޓްރާންސްފަރ ސްޓޭޝަނަށް އަމިއްލައަށް ކުނި ގެންދިޔުން – ޓަނަކަށް 1060 ރުފިޔާ

ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް

-          ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ނެގުމުގެ ހިދުމަތަށް ނަގާ އަގު – ޓަނަކަށް 2660 ރުފިޔާ

-          ކޯލް އެންޑް ޕިކްއަޕް ސަރވިސްގެ ހިދުމަތް – ޓަނަކަށް 330 ރުފިޔާ

-          ޓްރާންސްފަރ ސްޓޭޝަނަށް އަމިއްލައަށް ކުނި ގެންދިޔުން – ޓަނަކަށް 1060 ރުފިޔާ

ޕްރައިވެޓް ކޮމާޝަލް ކަލެކްޝަން

-          ޕްރައިވެޓް ކޮމާޝަލް ކަލެކްޝަނަށް – ޓަނަކަށް 2660 ރުފިޔާ

 

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާނުކުރީމެވެ.

                               07 ޖެނުއަރީ 2024

07 ޖަނަވަރީ 2024