މަސައްކަތް
ނަންބަރު: (IUL)138-AS6/1/2015/87
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 18:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީގެ ވެބްސައިޓް އަލުން ފަރުމާކުރުމާ ބެހޭ

މިނިސްޓްރީގެ ވެބްސައިޓް އަލުން ފަރުމާ ކުރުމާބެހޭ

މިނިސްޓްރީގެ ވެބްސައިޓް އަލުން ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 9 މާރިޗު 2015 ވަނަދުވަހު ކުރެވުނު އިއުލާން ނަންބަރު IUL)138-AS6/1/2015/61) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 މާރިޗު 2015 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 8 އެޕްރީލް 2015 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

6 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015