ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއަށް އިންޓަރނެޓްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއަށް އިންޓަރނެޓްގެ ޚިދްމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު: IUL)231-AH/231/2015/18)ފ(09 މާރިޗު 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތައް އެކަށީގެންވާ ވަރަށްވުރެ މަދުކަމަށް ވުމާއެކު، އެ އިޢުލާނު ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑް ބައްލަވައިގެން، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިއިދާރާގެ ނަންބަރު: IUL)231-AH/231/2015/18)ފ(09 މާރިޗު 2015) އިޢުލާނާ ގުޅިގެން ބިޑް ބައްލަވައިގަތް ފަރާތަކުން އަލުން ބިޑް ބައްލަވައިގަންނަވަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.
ބިޑް ޑޮކިއުމަންޓްސް ވިއްކުން 26 މާރިޗު 2015 (ބުރާސްފަތި) ދުވަހުން ފެށިގެން 01 އެޕްރީލް 2015 (ބުދަ) ދުވަހުގެ ނިޔަލަށް ހެނދުނު 8:30 އިން 12:30 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި |
ޕްރީބިޑް މީޓިންގ 01 އެޕްރީލް 2015 (ބުދަ) ދުވަހުގެ 14:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި |
ބިޑް އޯޕަން މީޓިންގ 07 އެޕްރީލް 2015 (އަންގާރަ) ދުވަހުގެ 14:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި. |
ބިޑް ޑޮކިއުމެންޓެއްގެ އަގަކީ -/30 ރުފިޔާއެވެ.
ބިޑް ހުށަހެޅޭނީ ބިޑް ގަތްފަރާތެއްގެ ނަމުގައެވެ. ބިޑް ބައްލަވައިނުގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.