މަސައްކަތް
ނަންބަރު: FSM-ADV-2015/028
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 17:52
ސުންގަޑި: 05 އޭޕްރިލް 2015 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ރީޓެއިނަރ އުސޫލުން މެޓީރިއަލްސް ޑިޒައިންކޮށް ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ރީޓެއިނަރ އުސޫލުން، މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އިވެންޓްތަކާއި، ކުންފުނީގެ ޕްރޮމޯޝަނަލް އިވެންޓްތައް ރޭވުމާއި އިޝްތިހާރު ކުރުމާއި، މެޓީރިއަލްސް ޑިޒައިންކޮށް ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.                                          

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:30 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331404 ނުވަތަ 3331402 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

6 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015