ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2024/2
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:20
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމާއި ގުޅޭ

     ބޭބީ ނާސަރީ އަދި ނާސަރީ ކުލާސްތަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން 15 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:00 އަށް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ހުށަހަޅުއްވަން ޖެހިލައްވާ އެންމެހާ ލިޔެކިޔުމުގެ މަޢުލޫމާތު ފޯމްގައި ބުނެދެވިފައިވާނެއެވެ.

ޕްރީ ސްކޫލަށް ވެއްދުމުގައި އުމުރުފުރާ ބަލާނީ 01 ޖަނަވަރީ 2024 އަށް ކަމުގައި ދެންނެވީމެވެ.

 މަރުހަލާ

 އުމުރު ފުރާ

 ބޭބީ ނާސަރީ

 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

 ނާސަރީ

 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: [email protected]

07 ޖަނަވަރީ 2024