ބީލަން
ނަންބަރު: (IUL)419-CAA/INDIV/2024/1
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 11 ފެބުރުވަރީ 2024 12:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނައަހަރުގެ ރަމަޟާންމަހު މިރަށު މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙްނަމާދު ކޮށްދޭނެ ފަރާތްތައް ހޯދުމާއިގުޅޭ:

1445 ވަނައަހަރުގެ ރަމަޟާންމަހު މިރަށު މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙްނަމާދު ކޮށްދޭނެ ފަރާތްތައް ހޯދުމާއިގުޅޭ:

     1445 ވަނައަހަރު ރަމަޟާންމަހު މިރަށު މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދުކޮށްދޭނެ ޙާފިޡުން "ރާއްޖެއިން ބޭރުން ނުވަތަ ރާއްޖެއިން" ގެނެސް ގެންދިޔުމުގެ ކަންތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/14) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ފެބުރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއި އެކު ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 6840003 އަދި 9111005 ،9120126  ނަންބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ  [email protected],  ނުވަތަ[email protected] މެއިލް ކުރެއްވުން އެދެމެވެ.

07 ޖަނަވަރީ 2024