ބީލަން
ނަންބަރު: (IUL)252/252/2024/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 21:57
ސުންގަޑި: 22 ޖަނަވަރީ 2024 13:05
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ ހެލްތް ފެސިލިޓީ ޤާއިމުކުރާ ފަރާތަކަށް ޓޫރިޒަމް ޒޯނުން ދޫކުރާބިމަށް އެދި ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން

      ނަންބަރު:  IUL)252/252/2024/1)  

އިޢުލާން

             ހއ.ފިއްލަދޫގައި ހެލްތް ޑޭ ފެސިލިޓީއެއް ޤާއިމުކޮށްދޭ ފަރާތަކަށް ޓޫރިޒަމް ޒޯނުން ކުއްޔަށް ދޫކުރާ ބިމަށް އެދި ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން:

           މިކައުންސިލްގެ ނަމްބަރ (IUL)252/252/2023/77 އިޢުލާނު ބާތިލްކޮށް ހއ.ފިއްލަދޫ ކައުންސިލުން ތަރައްޤީކުރާ 2000 (ދެހާސް) އެނދުގެ ޓުއަރިސްޓް ވިލެޖައް އަމާޒުކޮށް ކައުންސިލުން ދައްކާ ބިމެއްގައި ،"ހެލްތް ޑޭ ފެސިލިޓީއެއް" ތަރައްޤީކޮށް ކައުންސިލާއި ހަވާލުކުރާނެ ފަރާތަކަށް 50 ހާހާއި 40 ހާހާ ދެމެދު އަކަފޫޓުގެ ބިމެއް، އަކަފޫޓަކަށް މަދުވެގެން މަހަކު 50ލާރީގެ ރޭޓުން 50އަހަރަށް، ގެސްޓް ހައުސް/ ހޮޓާ އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ.      

           ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ރަޖިސްޓްރީކުރެއްވުމަށްފަހު ބީލަން ހުށައެޅުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާޓްނަރޝިފްތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ. ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން މި އިޢުލާނުގައިވާ ގޫގުލް ފޯމް ފުރުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ރަޖިސްޓްރޭޝަން ފޯމް ލިންކް:

https://docs.google.com/forms/d/e/1FAIpQLSds9LVf5-H3jY3xjmii5l5O2W7D7HxEm5wh0o40P1sv7lyaNg/viewform?usp=pp_url

ބީލަން ރަޖިސްޓްރީ ކުރުން

14 ޖަނަވަރީ 2024 ވަނަ ދުވަހުގެ 14:00 ގެކުރިން

ޕްރީ- ބިޑް ބައްދަލުވުން

ބޭއްވުމަށް ހަމަޖެހިފައި ނުވޭ

ބީލަން ބަލައިގަތުން

22 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:00 ގެކުރިން

ބީލަންތައް ހުޅުވުން

22 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:05 ގައި ހއ.ފިއްލަދޫ ކައުންސިލް އިދާރާގައި

               ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.

22 ޖުމާދަލްއާޙިރާ 1445

04 ޖަނަވަރީ 2024

04 ޖަނަވަރީ 2024