ކުއްޔަށް ދިނުން
ނަންބަރު: IL-D/2015/27
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 16:39
ސުންގަޑި: 15 އޭޕްރިލް 2015 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދިނުމަށް

ބިން ކުއްޔަށް ދިނުމާބެހޭ

ފަރެސްމާތޮޑާ ހިއްކާފައިވާ ސަރަހައްދުން ބޭސްފިހާރައެއް ހިންގުމަށް ކަނޑައަޅާފައިވާ ސަރަޙައްދުން 6,000 އަކަފޫޓުގެ ބިމެއް ބޭސްފިހާރައެއްގެ އިތުރުން ޢާންމު ވިޔަފާރި ހިންގުމަށްޓަކައި 09 އަހަރަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ.

ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ބަޔާންކޮށް 15 އެޕްރީލް 2015 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

  • ތަނުގައި ކުރާ ވިޔަފާރިއާއި ވިޔަފާރިކުރަން ގަސްދުކުރާގޮތް.
  • ތަން އިމާރާތްކުރާނެ ގޮތުގެ ކުރެހުން.
  • ކުއްޔަށް ހިފަން ބޭނުންވާ އަގު.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015