މުބާރާތް
ނަންބަރު: (IUL)160-A/1/2015/35
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި: 14 އޭޕްރިލް 2015 14:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
1436 ވަނަ އަހަރުގެ އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢުވަތު

ޑުބާއީގައި 1436 ވަނަ އަހަރު ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ފިރިހެން ބޭފުޅަކު ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި 01 ޖޫން 2014 އަށް 14 އަހަރު ނުފުރޭ ކުއްޖަކުނަމަ އެކުގައި ވަޑައިގަންނަވާ ބޭފުޅަކަށްވެސް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ބައިވެރިވުމުގެ ޝަރުޠު

  • ޤުރްއާން އެއްކޮށް ހިތުދަސް ފިރިހެނަކު ކަމުގައިވުން.
  • 01 ޖޫން 2015 އަށް 21 އަހަރު ފުރިފައިނުވުން.
  • ކުރީގައި މި މުބާރާތުގެ ސެޝަނެއްގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 14 އެޕްރީލް 2014 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއަކުން ނުވަތަ ފެކްސްއަކުން ހުށަހެޅުއްވުން އެދެމެވެ.

04 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015