ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2024/2
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 14 ޖަނަވަރީ 2024 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެންގޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމް :އެންގޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

މަޤާމް

އެންގޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ރޭންކް

L8 – E4 (T)

ބޭނުންވާ ޢަދަދު

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ހިއުމަން ރިސޯސް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު

އަސާސީ މުސާރަ

-/7,800 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

1)  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރައްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން، ނުވަތަ

2)  ސާނަވީ އިމްތިހާނުން ދަށްވެގެނަ 4 މާއްދާއިން ސީ ފާސް ލިބިފައިވުން، ނުވަތަ

3) މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން،
  • މުއާމަލާތްކުރުމުގެ ހުނަރު (އިނގިރޭސި / ދިވެހި)
  • ކަސްޓަމަރުންނާއި ޑީލްކުރުމުގެ ޤާބިލްކަން ހުރުން.
  • ސިޓީ، މެމޯ ޑްރާފްޓް ކުރަން އެނގުން.
  • މައިކްރޮސޮފްޓް އޮފިސް ޕެކޭޖްތަކަށް އަހުލުވެރިވުމާއި ފަރިތަވުން.
  • މަލްޓި ޓާސްކް ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.
  • ގަޑިއަށް ފަރުވާތެރިވުމާއި މަސައްކަތްތައް ތަރުތީބުން ފަރުވާތެރިކަމާއެކު ނިންމުމުގެ ޤާބިލްކަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭނާއި މިޝަންއާއި ލަނޑުދަނޑިތަކާއި، ލީޑަރޝިޕް ކޮމްޕިޓެންސީތަކަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވެދިނުން.
  • ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ކޮންޓިނިއުއަސް ލާނިންގ ޕްރޮގްރާމްތައް، ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ރާވައި ހިންގުމާއި އިވެލުއޭޓްކުރުން.
  • ކުންފުނީގެ ނީޑްސް ތައް ދެނެގަނެ، އަމާޒު ހިފޭ ކަންކަމަށް ވާސިލުވުމަށް މިރޮނގުން ކުރަންޖެހޭ ކަންކަން ފަރުމާކޮށް ހިންގުމަށް އެހީތެރިވެދިނުން.
  • އޯގަނައިޒޭޝަނަލް ޗޭންޖް އަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމާއި، އޯގަނައިޒޭޝަނަލް ކަލްޗަރ އަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެކަންކަން ކުރެވޭނެ ގޮތްތައް އިންތިޒާމުކުރުން.
  • މުވައްޒަފުންނަށް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދީގެން ދުޅަހެޔޮ، ޕޮސިޓިވް ނަތީޖާ ނެރެދޭނެ ބަޔަކަށް މުވައްޒަފުން ހެދުމަށް އެހީތެރިވެދިނުން.
  • ކުންފުނީގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް މެދުވެރިކޮށް ހިންގާ ކޯސްތައް ފަރުމާކުރުމާއި، ހިންގުމަށް އެހީތެރިވެދިނުން.
  • އިންސްޓިޓީއުޓުގެ ކޯސްތަކަށް މުވައްޒަފުންނާއި ޢާންމުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ މަސައްކަތުގައި ހަރަކާތެރިވުމުގެ އިތުރުން، ހިންގާ ހަރަކާތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދިނުން.
  • ކުންފުނިން ހިންގާ އެކިއެކި ހަރަކާތްތައް އިންތިޒާމްކުރުމުގައި އެހީތެރިވެދިނުމާއި އަމަލީގޮތުން ބައިވެރިވުން.
  • މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-    އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

-    އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

-    ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 14 ޖަނަވަރީ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް  3000207، 3000376 އަށް ގުޅުއްވުން އެދެމެވެ.

 

21  ޖުމާދަލްއާޚިރާ 1445   

03 ޖަނަވަރީ 2024