މަސައްކަތް
ނަންބަރު: (IUL)195-A/1/2024/01
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 11 ޖަނަވަރީ 2024 10:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޖުޑީޝަލް އެގްޒާމްގެ ސުވާލުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ސުވާލުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

"ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން  އައްޔަނު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުން ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުން ހަދަންޖެހޭ ޖުޑީޝަލް އެގްޒާމްގެ ސުވާލުތައް ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، ޖުޑީޝަލް އެގްޒާމްގެ ސުވާލުތައް ތައްޔާރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން އެމަސައްކަތް ކުރުމަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، ޖުޑީޝަލް އެގްޒާމްގެ ސުވާލުތައް ތައްޔާރުކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓްގައި ބަޔާންކުރާ ޑޮކިއުމަންޓް ތަކާއެކު، ސިޓީއަކުން 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ކުރިން މި ކޮމިޝަންގެ އިދާރާ (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯރ / މެދުޒިޔާރަތްމަގު) އަށް ހުށަހެޅުމަށް ދަންނަވަމެވެ. ނުވަތަ މި ކޮމިޝަންގެ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 08 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

21 ޖުމާދަލްއާޚިރާ 1445

03 ޖަނަވަރީ 2024