ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)352/352/2024/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:06
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނީފީގެ ޚިދުމަތުގެ ގޮތުގައި ގޭބިސީ ތަކުންނަގާ އަގު ކުޑަކުރިކަމަށް ދެންނެވުން:
މިރަށުގެ ގޭބިސީތަކުން ކުނީފީގެ ގޮތުގައި ނަގަމުން ގެންދިޔަ އަގު 01 ޖަނަވަރީ 2024 ން ފެށިގެން ކުޑަކޮށް ކުނީފީގެ ގޮތުގައި މަހަކު -/100ރ ( އެއްސަތޭކަ ރުފިޔާ ) ނެގުމަށް މިކައުންސިލްގެ ނަންބަރު: 352/2023/92 ( 28 ނޮވެމްބަރު 2023 ) ޢާއްމު ޖަލްސާއިން ވަނީ، ފާސްކޮށްފައެވެ.
ވުމާއެކު، މިކައުންސިލް އިދާރާއިން ރައްޔިތުންށް ދެމުންގެންދާ ކުނި އުކާލުމުގެ ޚިދުމަތުގެ ތެރެއިން ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި 01 ޖަނަވަރީ 2024ން ފެށިގެން ކުނިއުކާލުމުގެ ޚިދުމަތް ހޯދަމުން ގެންދާ ގޭބިސީތަކުން ނަގަމުން ގެންދާނީ މަހަކު -/100ރ ( އެއްސަތޭކަ ރުފިޔާ ) އެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނު ކުރީމެވެ.
03 ޖަނަވަރީ 2024