ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)362/362/2024/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުކަލަކަތޮޅު ރަތްމަންދޫ ހުޅަނގުފަރާތު އަތިރިމަތި ބޭނުންކުރުމުގެ އުޞޫލަށް ޢަމަލުކުރުން

 

މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ

     ރަތްމަންދޫ، ދިވެހިރާއްޖެ.                                 ނަމްބަރ:   (IUL)362/362/2024/1

 

 

 

އިޢުލާނު

 

                  މ. ރަތްމަންދޫ ކައުންސިލުން ފާސްކޮށް 2023 ނޮވެމްބަރ 16 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާއްމު ކޮށްފައިވާ ނަންބަރު: 362/362/2023/1 " މުލަކަތޮޅު ރަތްމަންދޫ ހުޅަނގުފަރާތު އަތިރިމަތި ބޭނުންކުރުމުގެ އުޞޫލު" ގެ 2 ވަނަ މާއްދާގައިވާ ގޮތުގެ މަތީން 2023 ޑިސެމްބަރ 16 ވަނަ ދުވަހުން ފެށިގެން އެ އުޞޫލަށް ޢަމަލުކުރަންފަށާފައިވާކަމުގައި ދަންނަވަމެވެ.

                  ވީމާ، މުލަކަތޮޅު ރަތްމަންދޫގެ ހުޅަނގުފަރާތު އަތިރިމައްޗާއި ފާލަން އަދި ފާލަން ހިމެނޭ ސަރަޙައްދު ބޭނުންކުރުމުގައި ހުރިހާ ފަރާތަކުންވެސް ދެންނެވިފައިވާ އުޞޫލާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމަވެ. އަދި މިއުޞޫލާ ގުޅިގެން ރަށުން ބޭރަށް ފޮނުވާ ދަރު އެޅުމަށް ކަނޑައަޅާފައިވާނީ ފުޓްސަލް ދަނޑުގެ ހުޅަނގު ދެކުނު ކަނާދިމާލުން އަތިރިމައްޗަށްވާ ސަރަޙައްދެވެ. އެ ސަރަޙައްދު ފާހަގަ ކުރުމަށް ބޯޑު ޖަހާފައި ހުންނާނެއެވެ.

                  އަދި ދަންނަވަމަވެ. މ. ރަތްމަންދޫގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެވިފައިވާ ގޮތަށް ގަލާއި ގައުކުނޑި އަދި ސިމެންތިޓިނާއި ފައިބަރާއި ތަށިމުށި އެޅުމަށް ރަށުގެ އިރުއިތުރު ކަނުގައި ދުރަށް އަލިފޮނުވާ ބައްތި ކުރިން ހުރި ސަރަޙައްދުން ބައެއް ސާފުކޮށް  ބޯޑު ޖަހާފައި ހުންނާނެއެވެ.

                  ވީމާ، މިއަދުން ފެށިގެން ގަލާއި ގައުކުނޑި އަދި ސިމެންތިޓިނާއި ފައިބަރާއި ތަށިމުށި އެސަރަޙައްދަށް އެޅުމަށް ދަންނަވަމެވެ.

      21 ޖުމާދަލްއާޚިރާ 1445 

      03  ޖެނުއަރީ   2024

03 ޖަނަވަރީ 2024