ދިވެހިރާއްޖެ
ޖުޑީޝަލް އެކަޑަމީ ހިންގާ ޢިމާރާތުގައި ހަރުކޮށްފައިވާ ކެމެރާތައް ޗެކްކުރުމާއި ރިޕްލޭސްކުރުމާއި އަދި ކެމެރާތަކާ ގުޅޭ ރިޕޯޓެއް ތައްޔާރުކުރުމާއި ރިކްއާމެންޓާއި އެއްގޮތައް 6 ކެމެރާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ޑިޕާޓްމަންޓްގެ ނަންބަރު އިއުލާން 198-F/2023/167 ވަނީ ސްޕެސިފިކޭޝަން ދިމާނުވުމުގެ ސަބަބުން ބާތިލްކުރެވިފައެވެ. ވީމާ ދެންނެވިފައިވާ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮސްދީ، މި ތަކެތިވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި އިޢުލާނާ އެއްފަތްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މި ޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 2024 ޖަނަވަރީ 04 ވަނަ ދުވަހުގެ 12:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަދި 2024 ޖަނަވަރީ 11 ވަނަ ދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޖުމާދުލްއާޙިރް 1445