ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 01 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 21:32
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރުން ދަނޑު ދޫކުރުމުގެ އުޞޫލަށް ދެވަނަ އިޞްލާޙު ގެނައުން

ހދ.ނޮޅިވަރަންފަރުން ދަނޑު ދޫކުރުމުގެ އުޞޫލަށް ދެވަނަ އިޞްލާޙު ގެނައުން 

 

ހދ.ނޮޅިވަރަންފަރުން ދަނޑު ދޫކުރުމުގެ އުޞޫލަށް 02 ވަނަ އިޞްލާޙު ގެނައުން.

 

1. ބުނެވިދިޔަ އުޞޫލުގެ 2 ވަނަ މާއްދާގެ (ދ)، (ފ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

 

2. ޢާއްމު ބައިތައް:    

 

       (ފ) ދަނޑުވެރިކަން ކުރުމަށް ވިޔަފާރި އުޞޫލުން ބިން ދޫކުރެވޭނީ ގިނަވެގެން މީލާދީ 15 (ފަނަރަ) އަހަރު ދުވަހަށެވެ.

 

       (ދ) ކޮންމެ ގިންތިއެއްގެ ދަނޑެއްވެސް މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ލިޔުމުން މުއްދަތު އިތުރު ކުރަން އެދުމުން މުއްދަތު އިތުރު ކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

2. . ބުނެވިދިޔަ އުޞޫލުގެ 3 ވަނަ މާއްދާގެ (1) ގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކޮށް (ކ) އިތުރުކުރުން، (2) އަންނަނިވި ގޮތަށް އިޞްލާޙުކޮށް 3 ވަނަ މާއްދާގެ (3) އިތުރު ކުރުން.

 

     3. ދަނޑުބިމުގެ ގިންތިތައް:

 

       (1) އާއްމު ދަނޑުވެރިކަމަށް ދޫކުރާ ބިން:

 

        (ނ) ގޭގެ ވެރިފަރާތް ނޫން ފަރާތެއް ފޯމު ހުށަހަޅާނަމަ ވެރިފަރާތުގެ އިޢުތިރާޟު ނުކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

         (1) ގޭގެ ވެރިފަރާތް ނިޔާވެފައިވާ ނަމަ ވެރިފަރާތުގެ ދަރިންގެ ތެރެއިން ކޮންމެވެސް އެއްފަރާތެއްގެ ނަމުގައި މި އުސޫލުގެ (ނ) ގައި ބަޔާން ކުރާ ލިޔުން ލިޔުން ހުށަހެޅޭނެއެވެ. ( މި ގޮތަށް ލިޔުން ހުށަހަޅާ އިރު އުފަން ދުވަހުގެ ސެޓްފިކެޓް ހުށަހަޅަން ވާނެއެވެ.)

 

         (ކ) މި ގިންތީގެ އެއްވެސް ދަނޑު ބިމަކުން ކުއްޔެއް ނުނެގޭނެއެވެ.

 

        (2) ވިޔަފާރި އުސޫލުން ރަށުގެ ރައްވެހިންނަށް ބިން ދޫކުރުން:

 

     (ހ) ވިޔާފާރި އުސޫލުން ދަނޑުވެރިކަންކުރުމަށް ދޫކުރެވޭނީ ބޮޑުވެގެން 40،000، ކުޑަވެގެން 5000 އަކަފޫޓުގެދަނޑުބިމެވެ.

 

     (ނ) މި ގިންތީގެ ދަނޑުތަކަށް ނޮޅިވަރަންފަރުގައި ރަށްވެހި ވެފައިވާ ފަރާތްތަކަށާއި، ރަށުގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމެންޓް، ކޯޕަރޭޓިވް ސޮސައިޓީ، ޖަމިއްޔާ ޖަމާއަތްތަކަށް ހުށަހެޅި ދާނެއެވެ. އަދި ޢާއްމު އުސޫލުން ދަނޑު ހައްދާ ފަރާތްތަކަށް ވެސް މިގިންތީގެ ދަނޑުބިން ހޯދުމަށް އެދި ހުށައެޅިދާނެއެވެ.

 

     (3)  ވިޔަފާރި އުސޫލުން ރަށުގެ ރައްވެހިންފިޔަވާ އެހެނިހެން ފަރާތްތަކަށް ބިން ދޫކުރުން:

 

       (ހ) ވިޔާފާރި އުސޫލުން ދަނޑުވެރިކަންކުރުމަށް ދޫކުރެވޭނީ ބޮޑުވެގެން 40،000، ކުޑަވެގެން 5000 އަކަފޫޓުގެދަނޑުބިމެވެ.

 

       (ށ). ވިޔާފާރި އުސޫލުން ދޫކުރާ ބިންތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މި އުސޫލަށް އަމަލު ކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ކައުންސިލުން ހުޅުވާލަންވާނެއެވެ.

 

       (ނ). މި ގިންތީގެ ދަނޑުތަކަށް ރަށުގެ ރައްވެހިން ނޫން ހުރިހާ ފަރާތްތަކަށްވެސް ވިޔާފާރި އުޞޫލުން ދަނޑުބިން ހޯދުމަށް  ހުށައެޅިދާނެއެވެ. އޭގެ ތެރޭގައި ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމެންޓް، ކޯޕަރޭޓިވް ސޮސައިޓީ، ޖަމިއްޔާ ޖަމާއަތްތައް ހިމެނެއެވެ. އަދި ޢާއްމު އުސޫލުން ދަނޑު ހައްދާ ފަރާތްތަކަށް ވެސް މިގިންތީގެ ދަނޑުބިން ހޯދުމަށް އެދި ހުށައެޅިދާނެއެވެ. 

 

3. ބުނެވިދިޔަ އުޞޫލުގެ 5 ވަނަ މާއްދާގެ (ހ)، (ރ) އަންނަނިވި ގޮތަށް އިޞްލާޙުކޮށް (ޅ) އުނިކުރުން.

 

     5. ފީނެގުން

 

       (ހ)  (1) ވިޔަފާރި އުސޫލުން ރަށުގެ ރައްވެހިންނަށް ބިން ދޫކުރާ ގިންތިއަށް ދޫކުރާ ދަނޑުބިން ދޫކުރެވޭނީ އަކަފޫޓަކަށް މަހަކު ދަށްވެގެން 04 ލާރީގެ ރޭޓުންނެވެ.

 

            (2) ވިޔަފާރި އުސޫލުން ރަށުގެ ރައްވެހިން ފިޔަވާ އެހެނިހެން ފަރާތްތަކަށް ބިން ދޫކުރާ ގިންތިއަށް ދޫކުރާ ދަނޑުބިން ދޫކުރެވޭނީ އަކަފޫޓަކަށް މަހަކު ދަށްވެގެން 08 ލާރީގެ ރޭޓުންނެވެ.

 

       (ރ) 10 ވަނަ ދުވަހުގެ ފަހުން ފީ ބަލައިގަނެވޭނީ ފާއިތުވާ ކޮންމެ ދުވަހަކަށް -/02 ރުފިޔާގެ ޖޫރިމަނާއާއި އެކުގައެވެ.

 

4. ބުނެވިދިޔަ އުޞޫލުގެ 6 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން އަދި (ކ) އިތުރުކުރުން.

 

    6. ދަނޑު ވަކިކުރުން:

 

     (ހ) ދަނޑިވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިމުގައި ވިދިވިދިގެން 06 މަސް ދުވަހު ދަނޑުވެރިކަން ނުކުރުން

 

     (ށ)  ވިދިވިދިގެން 02 (ދެއެއް) މަހު ފީ ނުދެއްކުން. 

 

     (ރ) ދަނޑު ދޫކުރެވިފައިވާ މީހަކު އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރުން.

 

        (1) މި ނަންބަރުގެ ދަށުން ގިންތި 01 ގެ ދަނޑު ގިންތި 03 ގެ ދަނޑަކަށް ބަދަލުވާނެއެވެ.

 

        (2) މި ނަންބަރުގެ ދަށުން ގިންތި 02 ގެ ދަނޑު ގިންތި 03 ގެ ދަނޑަކަށް ބަދަލުވާނެއެވެ.

 

    (ކ) ފީ ދައްކާފައިވަނިކޮށް ކައުންސިލުން ދަނޑު ވަކި ކުރާނަމަ، ވަކި ކުރާމަހުން ފެށިގެން ކުރިއަށް ދައްކާފައިވާ ފީ ދަނޑުވެރިޔާއަށް އަނބުރާ  ދޭންވާނެއެވެ.

 

 

 

( މިއިސްލާހު ގެނެވުނީ 06 ޑިސެމްބަރ 2023 ވަނަ ދުވަހު ބޭއްވުނު މިކައުންސިލުގެ 04 ވަނަ ދައުރުގެ 129 ވަނަ ޢާއްމު ބައްދަލުވުމުގަ އެވެ.)

 

01 ޖަނަވަރީ 2024