ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)493-L/493/2024/2
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 21:09
ސުންގަޑި: 08 ޖަނަވަރީ 2024 14:00
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
"ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރސް" ބޯޑަށް މެންބަރުން ހޯދުން

                         "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރސް" ބޯޑަށް މެންބަރުން ހޯދުން

                         ދިވެހި ޤައުމު ބިނާކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި ފިކުރާއި އުންމީދުތަކާއި ޒުވާނުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރސް" ގެ ނަމުގައި ބޯޑެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތިރީގައި މިދަންނަވާ ދާއިރާތައް ތަމްސީލުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބޭނުންވާ ދާއިރާތައް:

 

  ދާއިރާ

ބޭނުންވާ އަދަދު

އަންހެން

ފިރިހެން

1

ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން

1

1

2

ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ/ ސިވިލް ސޮސައިޓީ

1

1

 

ބޯޑު މެމްބަރުންގެ ޝަރުތުތައް:

  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • އުމުރުން 18 (އަށާރަ) އަހަރާއި 30 (ތިރީސް) އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން
  • ތަމްސީލުކުރާ ދާއިރާއާއި ގުޅޭ ފަންނީ ޤާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން
  • ވޭތުވެ ދިޔަ 5 (ފަސް) އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން

                         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://forms.gle/xU29gsF7ijCSB4VQ9 ލިންކު މެދުވެރިކޮށް 08 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ފޯމު ހުށައެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347400 އަށެވެ.

                         ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 ޖަނަވަރީ 2024