ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2024/1
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 10 ޖަނަވަރީ 2024 12:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހާ ކޯހެެއް ހިންގައިދޭނެ ފަރާތެއް ހޯދުން

ނަންބަރ: (IUL)258/258/2024/1

          

އިޢުލާން

ފަހާ ކޯހުގައި ބައިވެރިވުން

ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ހިންގުމަށް ހަމަޖެހިފައިވާ ފަހަން ދަސްކޮށްދޭ ބޭސިކް އަދި އެޑްވާންސް ކޯހެއް ހިންގައިދޭނެ، ކަމުގެ ފަންނުވެރި ބޭފުޅަކު ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފެހުމުގެ ފަންނުވެރިކަން ހުރި ބޭފުޅުން 2024 ޖަނަވަރީ 10 ވަނަ ދުވަހު 12:00ގެ ކުރިން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ނަކަލާއި އައިޑީ ކާޑުގެ ނަކަލް ހިމަނައިގެން ހުށައެޅުއްވުން އެދެމެވެ. މިކަމަށް ހުށައަޅާ ލިޔުމުގައި ކޯސް ހިންގައިދެވޭނެ އަގާ، ހުރުމާއި ކެއުން އަދި ދަތުރުފަތުރުތަައް ހިމަނައިގެން ހުށައެޅުއްވުން އެދެމެވެ. އަދި ކޯހުގައި ކިޔަވައިދެވޭނެ ބައިވެރިންގެ އަދަދުވެސް މިލިއުމުގައި ހިމަނަންވާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

20 ޖުމާދުލްޢާޙިރަ 1445

02 ޖަނަވަރީ 2024

02 ޖަނަވަރީ 2024