ޢާންމު މަޢުލޫމާތު
ނަންބަރު: -
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 07 ޖަނަވަރީ 2024 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަސްރަތު ޕްރޮގްރާމް

އިއުލާން

"ދުޅަހެޔޮ ޞިއްޙާތަކަށް އަހަރެމެންގެޢަޒުމް"

 

  ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކަނބަލުންގެ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ރަށުގައި ދިރިއުޅުއްވާ 18 އަހަރުން މަތީގެ އަންހެން ކަނބަލުންނަށް އަމާޒު ކޮށްގެން "ދުޅަހެޔޮ ޞިއްޙަތަކަށް އަހަރެމެންގެ ޢަޒުން" މިނަމުގައި ކަސްރަތު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 3 މަސް ދުވަހުގެ މުއްދަތަށެވެ.   

  ވީމާ ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވެ ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 02 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 2024 ޖަނަވަރީ 7 ވަނަ ދުވަހުގެ 14.00  ގެ ކުރިން ރަސްމީ ދުވަސް ތަކުގައި  6760522 މިނަންބަރަށް ގުޅުއްވާ ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓްކުރެވޭނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8.00 ން 14.00 އާދެމެދުގައެވެ.

02 ޖަނަވަރީ 2024