ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2023/160
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 10 ޖަނަވަރީ 2024 14:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހާ ކޯހުގައި ބައިވެރިވުން

ނަންބަރ: (IUL)258/258/2023/160

                 

އިޢުލާން

ފަހާ ކޯހުގައި ބައިވެރިވުން

ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ހިންގުމަށް ހަމަޖެހިފައިވާ ބޭސިކް އަދި އެޑްވާންސް ފަހާކޯހުގައި  ބައިވެރިވާނެ ބައިވެރިން ހޯދަން ބޭނުންވެއްޖެއެވެ. މިކޯހުގައި ބައިވެރިވެވޭނީ ފުރަތަމަ ނަން ނޯޓުކުރާ 30 (ތިރީސް) ބައިވެރިންނަށެވެ. މިކޯހުގައި ބައިވެރިންގެ އަތުން ފީއެއް ނެގުމަށް ހަމަޖެހިފައި ނުވެއެވެ. ނަމަވެސް ކޯހުގެ ބައިވެރިން ކިޔެވުމަށް ބޭނުންވާ ފަހާފޮށި ހޯދަން ޖެހޭނެއެވެ. ކޯހުގައި ބައިވެރިވުމަށް ފަހު ކޯސްފުރިހަމަ ނުކުރާނަމަ އެފަރާތަކުން ކޯހުގެ ފީގެ ގޮތުގައި 2500.00 (ދެހާސް ފަސްސަތޭކަ) ރުފިޔާ އ.ތ.މ ކޮމެޓީއަށް ދައްކަވަން ޖެހޭނެއެވެ. މިކޯހުގެ މުއްދަތަކީ 30 (ތިރީސް) ދުވަހެވެ. ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2024 ޖަނަވަރީ 16 ވަނަ ދުވަހުއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޖަނަވަރީ 10 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާގައި ނަން ނޯޓުކުރެއްވުމަށް އަންގާ އިއުލާން ކުރީމެވެ.

20 ޖުމާދުލްޢާޙިރަ 1445

02 ޖަނަވަރީ 2024

02 ޖަނަވަރީ 2024