ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2024/001
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 04 ޖަނަވަރީ 2024 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.     

މަޤާމް:

އެސިސްޓަންޓް މެނޭޖަރ، ހެލްތް އެންޑް ސޭފްޓީ

ޑިޕާޓްމަންޓް:

އިންޖިނިއަރިންގ

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

-          ގުޅުންހުރި ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ،

-          މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުގެ ތަޖުރިބާ ހުރުން

މަސްޢޫލިއްޔަތު:

-          ކުންފުނީގެ ހެލްތް އެންޑް ސޭފްޓީ ކަންކަން ރާވާ ބެލެހެއްޓުން.

-          ހެލްތް އެންޑް ސޭފްޓީ މިންގަނޑުތައް ތާވަލުކޮށް ބެލެހެއްޓުން.

-          ހެލްތް އެންޑް ސޭފްޓީ ޤަވައިދުތައް ބަލަހައްޓާ، ސޭފްޓީ މިންގަނޑާ ހިލާފުކަންކަން ރިޕޯޓް ކުރުން.

-          ކުންފުނީގެ އިމާރާތްތައް އަދި އުޅަނދުފަހަރުގެ ބަލަންޖެހޭ ސަލާމަތީ މިންގަނޑުތައް ކަނޑައެޅުމާއި އެކަންކަން ބެލެހެއްޓުން.

މުސާރަ:

27،000ރ އާއި 29،000ރ ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އިންޖިނިއަރިންގ ޑިޕާޓްމަންޓް

 

މަޤާމް:

ސުޕަވައިޒަރ، އިންވެންޓްރީ

ޑިޕާޓްމަންޓް:

އިންޖިނިއަރިންގ

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

-          ގުޅުންހުރި ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން ނުވަތަ،

-          މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ހުރުން

މަސައްކަތުގެ ބާވަތް:

-          އޮޕަރޭޝަންއަށް ބޭނުންވާ މުދަލުގެ އިންވެންޓްރީ ބެލެހެއްޓުން.

-          އިންވެންޓްރީ މެނޭޖްކުރުން.

-          އިންވެންޓްރީ ރިޕޯޓުތައް ޤަވާއިދުން ތައްޔާރުކުރުން

މަހު މުސާރަ:

24،000 އާއި 26،000 ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އިންޖިނިއަރިންގ ޑިޕާޓްމަންޓް

 

މަޤާމް:

ސްޕަވައިޒަރ، ސްޓޮކް އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް/ސެކްސަން:

އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު:

01

ޝަރުތުތައް:

-          ގުޅުންހުރި ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން ނުވަތަ،

-          މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ހުރުން

މަސައްކަތުގެ ބާވަތް:

-          ކުންފުނި ހިންގުމަށް ބޭނުންވާ މުދަލުގެ ސްޓޮކް ބެލެހެއްޓުން.

-          ސްޓޮކް މެނޭޖްކުރުން.

-          ސްޓޮކް ރިޕޯޓުތައް ޤަވާއިދުން ތައްޔާރުކުރުން.

މަހު މުސާރަ:

24،000 އާއި 26،000 ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެޑްމިނިސްޓްރޭޝަން، އައި.ސީ.ޓީ، ޕްރޮޖެކްޓްސް ޑިޕާޓްމަންޓް

 

މަޤާމް:

އޮފިސަރ، އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ

ބޭނުންވާ އަދަދު:

01

ޝަރުތުތައް:

-          ޖީސީއީ އޯލެވެލް 04 މާއްދާއިން ފާސް ވެފައި ވުން

-          މަސައްކަތުގެ ދާއިރާއިން ތަޖްރިބާ ލިބިފައިވުން

-          މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

މަސައްކަތުގެ ބާވަތް:

-          ޑިޕާޓްމަންޓުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން.

-          ޑިޕާޓްމަންޓުގެ މުހިންމު ލިޔެކިޔުންތައް ބެލެހެއްޓުން.

މަހު މުސާރަ:

11،000 އާއި 13،000 ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އިންޖިނިއަރިންގ ޑިޕާޓްމަންޓް

 ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2024 ޖަނަވަރީ 04 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑި ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ. 

02 ޖަނަވަރީ 2024