މަގާމު:
|
ޑާޓާ އެނަލިސްޓް
|
ވަޒީފާގެ ބޭނުން:
|
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނާއި އދ ގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް ޢަމަލު ކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
|
ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:
|
މޮނީޓަރިންގ އެންޑް އިވެލުއޭޝަން
|
މަޤާމުގެ ރޭންކް:
|
MS1
|
މުސާރަ:
|
-/9483ރ
|
އެހެނިހެން އެލްވަންސްތައް:
|
ސާރވިސް އެލަވަންސް -/3،500ރ
ލިވިންގ އެލަވަންސް -/3،000ރ
ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް
|
މަޤާމުގެ ޝަރުތު:
|
- އެޑިއުކޭޝަން، ރިސަރޗް މެތަޑްސް، ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓް، ސޯޝަލް ސައިންސަންސް، ޑިވެލޮޕްމަންޓް ސްޓަޑީސް ނުވަތަ ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
- އެޑިއުކޭޝަން، ރިސަރޗް މެތަޑްސް، ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓް، ސޯޝަލް ސައިންސަންސް، ޑިވެލޮޕްމަންޓް ސްޓަޑީސް ނުވަތަ ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:
|
- ރިސަރޗް ކުރުމާއި ޑޭޓާ އެނަލައިސް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
- ސިއްރު ހިފެހެއްޓުން.
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
- އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން.
- މި އޮފީހާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން.
- ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.
- މައިކްރޯސޮފްޓް އޮފީސް ގެ ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- މިއޮފީހުގެ ފަރާތުން ކުރިޔަށް ގެންދެވޭ އިންވެސްޓިގޭޝަން އަދި އޮޑިޓް މަސައްކަތްތަކުގެ ތެރެއިން އެއްކުރެވޭ މައުލޫމާތާއި އަދި އެނޫންވެސް ގޮތްގޮތުން ހޯދޭ މައުލޫމާތުގެ ސައްޚަކަމާއި ފުރިހަމަކަން ކަށަވަރު ކުރުމާއެކު ރައްކާކޮށް ބެލެހެއްޓޭނެ ނިޒާމެއް ސުޕަވައިޒަރުގެ ލަފާގެ މަތިން އެކުލަވާލާ ބެލެހެއްޓުން.
- އޮފީހުގެ ފަރާތުން ކުރިއަށް ގެންދާ ރިސަރޗްތަކާއި ޑެސްކް ރިވިއުތަކަށް ބޭނުންވާ މައުލޫމާތާއި ތަފާސް ހިސާބު އެއްކުރާނެ ގޮތުގެ އުސުލުތަކާއި ތަފާސް ހިސާބުގެ ފެންވަރާއި ސްޓޭންޑަރޑްތައް ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ސްޓެޓިސްޓިކަލް ޓެކްނިކްސް އަދި ޑޭޓާ ވިޝުއަލައިޒޭޝަން ޓޫލްސް ބޭނުން ކޮށްގެން، އެއްކުރެވޭ މައުލޫމާތުގެ އެނަލިސިސްތައް އެންމެ ފުރިހަމަ ގޮތުގައި ހެދުމާއި އަދި އެ ޑޭޓާއިން ޓްރެންޑްސް، ޕެޓާންސް އަދި އައުޓްލަޔަރސް ދެނެގަތުން.
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް މޮނިޓަރ ކުރުމަށް ބޭނުންވާ އިންޑިކޭޓަރސްތައް ކަނޑައަޅައި މޮނީޓަރިންގް ފްރޭމްވޯކް ތައްޔާރުކޮށް މޮނިޓަރ ކުރުމުގައި ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކުޑަކުދިންގެ ޙައްޤާއި އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ގުޅުންހުރި އެންމެހާ މަޢުލޫމާތުތަކާއި ތަފާސް ހިސާބުތައް، ކަމާގުޅޭ އެހެނިހެން ދާއިރާތަކާ އަދި އާންމުނަށް ފޯރު ކޮށްދިނުމަށްޓަކައި ހަދަންޖެހޭ ރިޕޯޓުތަކާއި ޑޭޝްބޯޑުތަކާއި އަދި ވިޝުއަލައިޒޭޝަންތައް ތައްޔާރުކުރުން.
- ކުޑަކުދިންގެ ޙައްޤާއި އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ގުޅޭ ލޯކަލް، ރީޖަނަލް، ގްލޯބަލް ސްޓެޓިސްޓިކަލް ރިޕޯރޓްތައް އެއްކޮށް ބެލެހެއްޓުން.
- ތަފާސްހިސާބު އެއްކުރުމާއި ދިރާސާތައް ކުރިއަށް ގެންދިއުމަށް ދާއިރާއާއި ގުޅުންހުރި އިދާރާ އަދި އަމިއްލަ ޖަމްއިޢްޔާތަކާއި އެކު މަސައްކަތްކުރުން.
- ކުޑަކުދިންނާއެކު މަސައްކަތްކުރާ މީހުންގެ ޕޯޓަލެއް ޤާއިމުކުރުމަށް ބޭނުންވާ އެންމެގައި އިދާރީ މަސައްކަތްތައް ކުރުމާއި، ޕޯޓަލްގައިވާ މަޢުލޫމާތު ގަވާއިދުން މުރާޖަޢާ ކުރުމާއި ލިބެންޖެހޭ މަޢުލޫމާތު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް ޕޯޓަލް ބެލެހެއްޓުމާއި، އަދާހަމަކުރުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޑިޕާޓްމަންޓްގެ އެހެން މަސައްކަތަތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުން ދިއުން.
- އޮފީހުން ކުރާ ރަސްމީ ދަތުރުތަކާއި ބާއްވާ އިވެންޓްތަކުގައި ބައިވެރިވެ އެހީތެރިކަން ދޭންޖެހިއްޖެ ހާލަތްތަކުގައި އެހީތެރިކަން ދިނުން.
- އަދި މިނޫންވެސް އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާ ތަމްރީން (%30)
- މަސައްކަތުގެ ތަޖުރިބާ (%20)
- އިންޓަވިއު/އިމްތިހާން (%50)
ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ 40% އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ 65% އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ސުންގަޑި:
|
މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 10 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމު މެއިލް ކުރައްވާއިރު ތިރީގައިވާ އޯޑަރުން އެއް ފައިލްއަކަށް ސްކޭންކުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ.
- އެޕްލިކޭޝަން ފޯމު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
- ސީ.ވީ.
- ތަޢުމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް
- ތަޖުރިބާއާގުޅޭ ލިޔުންތައް
|
ނޯޓް:
- މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
- މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
- އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު/އިމްތިހާން ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު/އިމްތިހާން އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގައެވެ.
- އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
- އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
- އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.
|