މަގާމު:
|
އައި.ޓީ. އޮފިސަރ
|
ވަޒީފާގެ ބޭނުން:
|
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
|
ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:
|
ކޯޕަރޭޓް އެފެއަރސް
|
މަޤާމުގެ ރޭންކް:
|
MS1
|
މުސާރަ:
|
-/9483ރ
|
އެހެނިހެން އެލްވަންސްތައް:
|
ސާރވިސް އެލަވަންސް -/3،500ރ
ލިވިންގ އެލަވަންސް -/3،000ރ
ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް
|
މަޤާމުގެ ޝަރުތު:
|
- އިންފޮމޭޝަން ޓެކްނޮލޮޖީ، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ނެޓްވަރކް މެނޭޖްމަންޓް، އައިޓީ ސެކިއުރިޓީ، ސޮފްޓްވެއަރ، ހާޑްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
- އިންފޮމޭޝަން ޓެކްނޮލޮޖީ، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ނެޓްވަރކް މެނޭޖްމަންޓް، އައިޓީ ސެކިއުރިޓީ، ސޮފްޓްވެއަރ، ހާޑްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:
|
- މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
- ސިއްރު ހިފެހެއްޓުން.
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
- އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން.
- މި އޮފީހާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން.
- ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.
- މައިކްރޯސޮފްޓް އޮފީސް ގެ ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- އޮފީހުގެ އިންފޮރމޭޝަން ޓެކްނޮލޮޖީއާ ބެހޭ އުސޫލު، އައި.ޓީ ސާމާނު ބޭނުންކުރުމުގެ އުސޫލު، ޑޭޓާ ސެކިއުރިޓީ ގެ އުސޫލުފަދަ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުމުގައި ސުޕަވައިޒަރަށް އެހީތެރިވުމާއި އެފަދަ އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.
- އޮފީހުގެ ސަރވަރ ބެލެހެއްޓުމާއި ސަރވަރއަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ސަރވަރގެ ސެކިއުރިޓީ ބެލެހެއްޓުން.
- އޮފީހުގެ ނެޓްވާރކް ބެލެހެއްޓުމާއި ނެޓްވަރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓުން.
- އޮފީހުގެ އައި.ޓީ އާ ބެހޭ ތަކެތި ބެލެހެއްޓުމާއި މަރާމާތުކުރަންޖެހޭ ތަކެތި މަރާމާތުކުރުމާއި ކޮމްޕިއުޓަރުތައް އަޕްޑޭޓްކޮށް އަދި އަޕްގްރޭޑްކޮށް ބެލެހެއްޓުން.
- އޮފީހަށް ހޯދަން ބޭނުންވާ އައި.ޓީ އާއި ބެހޭ ތަކެތި އަދި ސޮފްޓްވެއަރ ފަދަ ތަކެތީގެ ސްޕެސިފިކޭޝަންތައް ތައްޔާރުކޮށް ތަކެތި ގަތުމުގައި އެހީތެރިވެ ދިނުން.
- އޮފީހުގައި ބޭނުންކުރާ ޑޭޓާބޭސްތަކާއި ސޮފްޓަވެއަރތައް މެނޭޖްކޮށް ދިމާވާ މައްސަލަތައް ހައްލުކުރުން.
- އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާނެ އައި.ޓީ ސާމާނާއި، ސޮފްޓްވެއަރތަކާއި ޓޫލްތައް ދެނެގަނެ މަސައްކަތްތައް ފަސޭހަކޮށް އަވަސްކޮށް ޚަރަދު ކުޑަކޮށް ކުރެވޭނެ އާ ޓެކްނޮލޮޖީތަކަށް އަބަދުވެސް ފާރަވެރިވެ އެފަދަ މައުލޫމާތު ސުޕަވައިޒަރާއި ހިއްސާކުރަމުން ގެންދިއުން.
- އޮފީހަށް ބޭނުންވާ ސޮފްޓްވެއަރ ޕްރޮގްރާމްތައް ފަރުމާކުރުމާއި އަދި މިފަދަ ޕްރޮގްރާމްތައް ފަރުމާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއެކު މި ޕްރޮގްރާމްތައް މެއިންޓެއިންކުރުން.
- އޮފީހުގެ އެކްސެސް ކޮންޓްރޯލް ޑިވައިސްތައް ބެލެހެއްޓުން.
- އެންސީއައިޓީ މެދުވެރިކޮށް ބޭނުން ކުރާ ހިދުމަތްތައް މެދުނުކެނޑި ލިބޭނެހެން އެ ސެންޓަރާއި ގުޅިގެން ކުރަންޖެހޭ އެންމެހައިކަންކަން ކުރުން.
- އޮފީހުގެ ވެބްސައިޓާއި އޮފީހުން ތައްޔާރުކުރާ ވެބް އެޕްލިކޭޝަންތަކުގެ އެޑްމިނިސްޓްރޭޝަން ބެލެހެއްޓުން.
- އޮފީހުގެ ޑިޕާޓްމަންޓްތަކުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ސުޕަވައިޒަރު ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
- އޮފީހުން ކުރާ ރަސްމީ ދަތުރުތަކާއި ބާއްވާ އިވެންޓްތަކުގައި ބައިވެރިވެ އެހީތެރިކަން ދޭންޖެހިއްޖެ ހާލަތްތަކުގައި އެހީތެރިކަން ދިނުން.
- އަދި މިނޫންވެސް އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާ ތަމްރީން (%30)
- މަސައްކަތުގެ ތަޖުރިބާ (%20)
- އިންޓަވިއު/އިމްތިހާން (%50)
ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ 40% އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ 65% އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ސުންގަޑި:
|
މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 10 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމު މެއިލް ކުރައްވާއިރު ތިރީގައިވާ އޯޑަރުން އެއް ފައިލްއަކަށް ސްކޭންކުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ.
- އެޕްލިކޭޝަން ފޯމު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
- ސީ.ވީ.
- ތަޢުމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް
- ތަޖުރިބާއާގުޅޭ ލިޔުންތައް
|
ނޯޓް:
- މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
- މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
- އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު/އިމްތިހާން ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު/އިމްތިހާން އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގައެވެ.
- އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
- އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
- އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.
|