ޢާންމު މަޢުލޫމާތު
ނަންބަރު: MSS-JV/2023/50
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 11 ޖަނަވަރީ 2024 15:00
މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފަގެ ފުރުސަތު: އޮފީސް އެސިސްޓެންޓް

Ref. Number: MSS-JV/2023/50
Date: 31st December 2023

 

ވަޒީފާގެ ފުރުސަތު

                         

 މަޤާމު:

 އޮފީސް އެސިސްޓެންޓް

 ބޭނުންވާ އަދަދު:

 1

 މަސައްކަތްކުރަންޖެހޭ ތަން:

 އެމް. އެސް.އެސް ހެޑް އޮފީސް- އެސްޓީއޯ ޓްރޭޑް ސެންޓަރ ،2 ވަނަ ފަންގިފިލާ

 މުސާރައާއި އިނާޔަތްތައް:

 10,818.00 ރުފިޔާ

 ފެންވަރު ނުވަތަ ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއި އެކު ގްރޭޑް 10 ގެ ފެންވަރު ހުރުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.
  • މިމަޤާމަށް މުވައްޒަފުން ނެގުމުގައި ސައިކަލް ދުއްވަންއިންގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދު.

 މަޤާމުގެ މަސްއޫލިއްޔަތު:

  • ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
  • އޮފީހުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ތަކެތި އެފަރާތްތަކަށް ރައްދުކުރުން.
  • އޮފީސްތެރެ ސާފުކޮށް ބެލެހެއްޓުން. މިގޮތުން އޮފީސްތެރޭގައި ކުނިކަހައި، ހިރަފުސް ފޮޅައި، ވެކިއުމްކޮށް މޮޕްކުރުން. އަދި އޮފީސްތެރޭގައި ހުންނަ ފަރުނީޗަރުތަކާއި، ދޮރުތަކާއި ކުޑަދޮރުތަކާއި މިނޫނަސް އެހެނިހެން ތަންތަން ގަވައިދުން ސާފުކުރުން.
  • އޮފީހުގެ ފާޚާނާތައް މަދުވެގެން ދުވާލަކު އެއްފަހަރު ސާފުކުރުން.
  • އޮފީހުގެ ސައިކޮޓަރިއާއި އެތަނުގައި ހުންނަ ފްރިޖް، މައިކްރޯވޭވް، ކޮފީ މެޝިން ފަދަ ތަކެތި ސާފުކޮށް ބެލެއްޓުން.
  • ގަވައިދުން ޑަސްބިންތައް ހުސްކޮށް ކުނިއުކާލުން.
  • އޮފީހުގައި ބާއްވާ އެކިއެކި ބައްދަލުވުންތަކާއި އިވެންޓްތަކަށް މީޓިންގ ރޫމް ތައްޔާރުކުރުމާއި، އެފަދަ ބައްދަލުވުންތަކަށް ބޭނުންވާ ރިފްރެޝްމަންޓް ތައްޔާރުކުރުމާއި، އަދި ބައްދަލުވުން ނުވަތަ އިވެންޓް ނިމުމުން ތަށިތައް ނެގުމާއި މީޓިންގ ރޫމް  ސާފުކުރުން.
  • އޮފީހަށް ބޭނުންވާ ތަކެތި ގަތުމަށް ކޯޓޭޝަން ހޯދުމާއި، އޮފީހަށް ގަނެވޭ ތަކެތި އޮފީހަށް ގެނައުމުގައި އެހީތެރިވެދިނުން.
  • އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • އޮފީހުގެ މެއިންޓެނަންސާއި މަރާމާތާގުޅޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • އޮފީހުގެ ސާފުތާހިރުކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ސުޕަވައިޒަރު އަންގާ މަސައްކަތްކުރުން.
  • އޮފީހުގެ މަސައްކަތްތަކާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 ސުންގަޑި:

 11 ޖަނަވަރީ 2024 ގެ 1500 ގަޑި

 އެޕްލިކޭޝަން ހުށަހަޅާނެގޮތް:

 މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ   15:00  ގެ ކުރިން [email protected] އަށް އީމެއިލްއަށް އެޕްލިކޭޝަން ފޯމު އަދި   ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.
  • ޑްރައިވިންގ ލައިސަންސްގެ ސާފު ކޮޕީއެއް.
  • ޕޮލިސް ރިޕޯޓު.
  • ވަނަވަރު.
  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ.
02 ޖަނަވަރީ 2024