ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓޮޕް ގަންނަން ބޭނުންވެއްޖެ:
މި ބިއުރޯއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް އަދި ލެޕްޓޮޕް ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު IUL)457-AIT/1/2015/2)ފ(12 މާރިޗު 2015) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތްކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
ގަންނަން ބޭނުންވާ ތަކެތި:
- 27 ކޮމްޕިއުޓަރ ސިސްޓަމް
- 8 ލެޕްޓޮޕް
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މާރިޗު 31 ވާ އަންގާރަ ދުވަހުގެ 13:30 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ފިނޭންސް ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އެޕްރީލް 02 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި ބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3349397 ، 3349394 3349489 ފޯނާ ގުޅުއްވުން އެދެމެވެ.
2 ޖުމާދަލްއާޚިރާ 1436