ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-Enf/182/2023/14
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:24
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންޓްރޯލް ޑްރަގްސް ބްލޫޕްރިސްކްރިޕްޝަން ފޮތް ބޭނުން ކުރެވޭނެ މުއްދަތާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

  މިނިސްޓްރީ އޮފް ހެލްތް

        މާލެ،                                               

      ދިވެހިރާއްޖެ

                 (IUL)182-Enf/182/2023/14 :ނަންބަރު

އިޢުލާން

                 

ކޮންޓްރޯލްޑް ޑްރަގްސްް ލިޔުުމަށް ބޭނުންކުރާ ބްލޫޕްރިސްކްރިޕްޝަން ފޮތް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އެމް ސެވެން ޕްރިންޓް ޕްރައިވެޓް ލިމިޓެޑް (އެމް ސެވަން ޓަވަރ ފުރަތަމަ ފަންގިފިލާ، އަމީނީ މަގު) އިން މިފޮތް ލިބެން ހުންނާނެއެވެ. މީލާދީ އާ އަހަރެއް ފެށުމާއެކު ކޮންޓްރޯލްޑް ޑްރަގް ލިޔުމަށް ބޭނުންކުރާ ބްލޫޕްރިސްކްރިޕްޝަން ފޮތް ބޭނުންކުރުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކަށް އޮޅުން އަރަމުންދާތީވެ މިކަން ހަމަޖެހިފައިވާގޮތް މި އިޢުލާނުގައި ބަޔާން ކުރަމެވެ.

ސީރިއަލް ނަންބަރާއި އެކު އަހަރު ޖަހާފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް

ބޭނުންކުރެވޭނެ މުއްދަތު

ސީރިއަލް ނަމްބަރާއެކު އަހަރު 2022 ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް (މީލާދީ 3 އަހަރު)

ސީރިއަލް ނަމްބަރާއެކު އަހަރު 2023 ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް

2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް (މީލާދީ 3 އަހަރު)

ސީރިއަލް ނަމްބަރާއެކު އަހަރު 2024 ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް

2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް (މީލާދީ 3 އަހަރު)

އަދި ދަންނަވަމެވެ. 2024 ޖަނަވަރީ 01 އިން ފެށިގެން ބޭނުން ކުރެވޭނީ ސީރިއަލް ނަމްބަރާއެކު 2022، 2023 އަދި 2024 ވަނަ އަހަރު ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތްތައް އެކަނި ކަމުގައިވެސް ދެންނެވީމެވެ.

ވީމާ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ. އިތުރުމަޢުލޫމާތު މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ 7200321 އިން ލިބިވަޑައިގަންނަވާނެއެވެ.

31 ޑިސެންބަރު 2023