މަސައްކަތް
ނަންބަރު: GS170/2015/04
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 01 އޭޕްރިލް 2015 13:00
ދަރަނބޫދޫ ސްކޫލް
ދިވެހިރާއްޖެ
2 ކުލާސްރޫމާއި އޮފީސްބައެއް އެޅުމަށް

އަންދާސީހިސާބު ހޯދުން

މި ސްކޫލުގައި 2 ކުލާސްރޫމާއި އޮފީސްބައެއް އެޅުމަށް ކުރި ނަންބަރު: GS170/2015/03ފ(22 ފެބުރުވަރީ 2015) ގެ އިޢުލާނާ ގުޅިގެން އެ މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2015 އެޕްރީލް 14 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2015 އެޕްރީލް 1ވާ ބުދަ ދުވަހުގެ 13:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި 7840050 ނުވަތަ 7952911 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުމާދަލްއާޚިރާ 1436

22 މާރިޗު 2015