މަސައްކަތް
ނަންބަރު: (IUL)142-E1/1/2015/44
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 29 މާރިޗު 2015 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ ދީނީ ޢިލްމުވެރިއެއް ހޯދުން

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން މި މިނިސްޓްރީން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ދީނީ ޢިލްމުވެރިއެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 29 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.

03 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015