މަސައްކަތް
ނަންބަރު: (IUL)142-E1/1/2015/47
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 06 އޭޕްރިލް 2015 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ބައެެއް މުވައްޒަފުންގެ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުންނާއި، މަސައްކަތު މުވައްޒަފުންގެ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 06 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 އެޕްރީލް 2015 ވާ ބުދަަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ތަމްސީލު ކުރެވޭނީ އެއްފަރާތެއް ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.

03 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015