ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2023/36
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 31 ޖަނަވަރީ 2024 00:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގެ ފުރާޅުން މަގުމައްޗަށް އެޅޭ ފެން ހިންދުމާއި ބެހޭ

ގޭގެ ފުރާޅުން މަގުމައްޗަށް އެޅޭ ފެން ހިންދުމާއި ބެހޭ:

ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ކައުންސިލުން އެކުލަވާލާފައިވާ "ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ ގަވާއިދު" އާއި ޚިލާފަށް ރަށުގެ ވަރަށް ގިނަ އަދަދެއްގެ ގެތަކުގެ ފުރާޅުން އަންނަ ފެންތައް މަގުމައްޗަށް އެޅޭ ގޮތަށް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، "ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ ގަވާއިދު"ގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން ގޭގޭ އިމުގެ މަގުމައްޗާވީ ފަޅިން ޢިމާރާތްކޮށްފައި ހުންނަ ބިނާތައް މަގުމައްޗަށް ފެންފަހިވާގޮތަށް ހިޔާކޮށްފައިވާ ނަމަ ފުރާޅުގައި ދިޔަދޮވިލައި، ހޮޅިގުޅައި މަގުމައްޗަށް ފުރާޅުން ފެން ނުފައިބާ ގޮތަށް ހެދުމަށާއި، މަގުމައްޗާވީ ފަޅިން ޢިމާރާތްކޮށްފައި ހުންނަ ބިނާތައް މަގުމައްޗަށް ފެންފަހިވާގޮތަށް ހިޔާކޮށްދިޔަ ދޮވި ލާފައިވާ ނަމަ ދިޔަ ދޮވިތަކުން އެޅޭ ފެން މަގުތަކަށް ނުބައިބާ ގޮތަށް ބަދަލު ކުރުމަށް މިއަދުން ފެށިގެން 1 މަސްދުވަހުގެ މުއްދަތެއް ދެމެވެ. އަދި މިމުއްދަތުގައި އިސްވެ ދެންނެވުނު ގޮތުގެ މަތިން އެކަން އިސްލާޙް ނުކޮށްފިނަމަ "ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ ގަވާއިދު"ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގޭގެ ވެރިފަރާތާއި މެދު ފިޔަވަޅު އެޅޭނެކަން އަންގައި އިޢުލާން ކުރަމެވެ.

މިއިޢުލާނާއެކު "ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ ގަވާއިދު" އެއްއުރަ ކުރެވިފައި ވާނެއެވެ.

31 ޑިސެންބަރު 2023