ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓްރީ ކުރުމަށް ހުޅުވާލުން
ނަންބަރު : WAMCO-PRO/IUL/2023/142
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ބޭނުންވާ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ވެންޑަރ ރަޖިސްޓަރ ކުރުމަށް ހުޅުވާލުން
މި ކުންފުންޏަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވެންޑަރ ރަޖިސްޓަރ ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
01 ޖެނުއަރީ 2024 އިން ފެށިގެން މިކުންފުނިން މުދަލާ ޚިދުމަތް ހޯދަމުންގެންދާނީ އަލަށް ތަޢާރަފު ކުރެވުނު ފޯރމް ފުރިހަމަކޮށް މި ކޯޕަރޭޝަނުގައި ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުން އެކަނި ކަމުގައި ދަންނަވަމެވެ. އަދި މިވަގުތު މިކުންފުނީގެ ބޭނުމަށް މުދަލާއި ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުންވެސް ވެންޑަރ ލިސްޓުގައި ރަޖިސްޓަރ ވުމަށް ބޭނުންފުޅުވާނަވަ އަލުން ރަޖިސްޓަރ ކުރެއްވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކުނުފުނީގެ ވެބްސައިޓުގައިވާ އޮންލައިން ވެންޑަރ ފޯމް ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް ވެންޑަރ ރަޖިސްޓަރ ކުރެއްވުން އެދެމެވެ.
ވެބްސައިޓް ލިންކް: https://wamco.com.mv/online/
ވެންޑަރ ރަޖިސްޓްރޭޝަން ޑައިރެކްޓް ލިންކް: https://wamco.com.mv/online/forms/233597055191057/
އިތުރު މަޢުލޫމާތު ސާފުކުރުމަށް، ޕްރޮކިއަރމަންޓް ޑިޕާޓްމަންޓުގެ އީމެއިލް [email protected] އަށް އެކަން ފޮނުއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3025804، 3000581, ފެކްސް ނަންބަރު:3000584
[email protected], [email protected]
31 ޑިސެމްބަރ 2023